Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 13:21
މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ޕީޕީއެމް މަޖިލިސް މެމްބަރުން ގާސިމްއާ ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ޕީޕީއެމް ކޯލިޝަން މަޖިލިސް މެމްބަރުން ބައިވެރިވި

ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް ގާސިމްއާ ބައްދަލުކުރެވުނީތީ އުފާކުރަކަމަށާއި، ގާސިމްއަކީ އަޑު އައްސަވާ އަދި އަވަސް ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އިތުރުން ޕީޕީއެމް ތަމްސީލުކުރާ މަޖިލިސް މެމްބަރުން ބައިވެރިވެފައިވެއެވެ.

މަލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ބައްވާފައިވަނީ ޕީޕީއެމްގެ މެމްބަރުންގެ ހައްގު ނިގުޅައިގަތުމުގެ މައްސަލައިގެ އިތުރުން ޕީއެންސީ އުފެއްދުމަށް ދަތިކުރަމުންދާ މައްސަލައިގައި ހައްލެއް ހޯދުމަށް ކަމަށްބުނެއެވެ.

ޕީއެންސީ އުފައްދަން 3،000 ފޯމް ބޭނުންވާއިރު އެންމެ ފަހުން ޕީއެންސީން އިލެކްޝަނަށް ހުށަހެޅި 4.000 ފޯމްގެ ތެރެއިން ސައްހަވީ 1،950 ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ޕީއެންސީ އުފައްދަން ގަސްތުގައި ލަސްކުރަމުންދާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ތުހުމަތުކުރައްވާއިރު، އީސީން ބުނެފައިވާ ގޮތުގައި އެކަން ލަސްވީ ހުށަހެޅި ބައެއް ފޯމުތައް ސައްހަ ނުވެގެންނެވެ

ސަރުކާރާ އިދިކޮޅު މަޖިލިސް މެންބަރުންނާ ގާސިމް ބައްދަލު ކުރެއްވިއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކޮންމެ ފަރާތަކާއެކުވެސް މަސަތްކަތްކުރެއްވުމަށް މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށް ގާސިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގާސިމް ވަނީ ޖަލަށް ހުކުމް ކުރުމާ ގުޅިގެން ޖަރުމަނު ވިލާތަށްގޮސް ހިމާޔާތް ހޯއްދަވާފައެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ބަލިކުރުމަށް ކޯލިޝަން ހެދުމަށްފަހު ވެރިކަން ބަދަލުވުމުން ޖޭޕީގެ ލީޑަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހޮވިފައެވެ. ގާސިމް ޕީޕީއެމް އާއި ޕީއެންސީ މެމްބަރުންނާ ބައްދަލުކުރި މި ދަނޑިވަޅަކީ ކޯލިޝަން ރޫޅައި ޖުމްހޫރީ ޕާޓިން ޕީޕީއެމްއާއި ކޯލިޝަން ހަދާނެކަމުގެ އަޑު ފެތުރިފައިވާ ދުވަސްވަރެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް