Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 08:01
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ ތަރައްގީކުރުން
ލާމަރުކަޒީ ގާނޫނުގެ ބާރުހިނގާ ތަނަކަށް ހުޅުމާލެ ހަދާނަށް: އަލީ ނިޔާޒު
ހުޅުމާލެއަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފެށި ޕްރޮޖެކްޓެއް
ރައީސް ޔާމީންގެ އަމާޒަކަށްވީ ހުޅުމާލެ އާއި މާލެއަށް އަތޮޅުތަކުން މީހުން ގެނެސް ޖަމާކުރުން

ލާމަރުކަޒީ ގާނޫނުގެ ބާރުހިނގާ ތަނަކަށް ހުޅުމާލެ ހަދާނެ ކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ހުޅުމާލެއަކީ އެންމެ ފުރަތަމަ ފަޅެއްގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލެއަކީ މާލޭގެ ރައްޔިތުންނަށް އެދުވަސްވަރު ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެށި މަޝްރޫއެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެ ސިޔާސަތުގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލެ ބޭނުން ކުރަމުން ދިޔަ ކަމަށާއި ނަމަވެސް ރައީސް ޔަމީންގެ ސަރުކާރުގައި އެ ސިޔާސަތު ބަދަލުކޮށް އަމާޒަކަށްވީ ހުޅުމާލެ އާއި މާލެއަށް އަތޮޅުތަކުން މީހުން ޖަމާކުރުމަށް ކަމަށެވެ.

"ހަގީގަތުގައި ރައީސް މައުމޫނުވެސް އެކަން އެގޮތަށް ކުރުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ. އަދި ރައީސް ނަޝީދުވެސް ނުގެންގުޅުއްވާ. އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ އުސޫލުން ހިންގޭ ރާއްޖެއަކަށް ކޮންމެހެން ބޭނުމެން ނޫން ރާއްޖޭގެ ހުރިހާ މީހުން ހުޅުމާލެ ނުވަތަ މާލެއަށް ޖަމާކުރުވުމެއް. އަޅުގަނޑު ދެކޭ ދޮތުގައި ހުޅުމާލެ ވާންވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް ހައްލެއް ގެނެސްދޭ ތަނެއްގެ ގޮތުގައި. މުޅި ރާއްޖޭގެ ހުރިހާ މީހުންނަށް  ބޯހިޔާވަހިކަން ހޯދައިދޭ ތަނަކަށް ހުޅުމާލެ ވެގެން ނުދާނެ ރައީސް ސޯލިހުގެ ސަރުކާރުގައި،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ހިންގޭ ސަރަހައްދީ ތަރައްގީގެ ވިސްނުމެއް ގެނައުމުގައި އެމްޑީޕީން ވަކާލާތު ކުރަނެ ކަމަށާއި ހުޅުމާލެ ތަރައްގީ ކުރާނީ ޖަޒީރާވަންތަ ސިފަ ނުގެއްލޭ ގޮތަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ނިޔާޒް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަމާޒް ކުރަންވީ މާލެއާއި މާލެ ކައިރި ސަރަހައްދުތަކަށް އެކަނި ނޫންކަމަށާއި ބައިބޯ އެހެނިހެން ސަރަހައްދު ތަކަށްވެސް ތަރައްގީ ގެންދަންޖެހޭކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖެނުއަރީ 2019 | ބުދަ 03:30
މުޖޫ
ރާއްޖޭގެ ބިން ބޭނުންކުރަން ވަކި ރަށަކަށް މަޖުބޫރުކޮށް އެކަމަށް ވަކާލާތު ކުރާ ބަޔަކަށް އަހަރަމެން ތާއީދު ނުކުރަން