Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 22:51
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޒިންހުއާނެޓް
ފޮރިން މިނިސްޓަރު
ރާއްޖެއާ އެމެރިކާގެ ހީނާރުވެފައިވާ ގުޅުން ބަދަހިކުރާނަން: މިނިސްޓަރު ޝާހިދު
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ބެހޭ ގޮތުން ވާހަކަދައްކަވާނެ

ރާއްޖެއާ އެމެރިކާގެ ހީނާރުވެފައިވާ ގުޅުން ބަދަހިކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އަންގާރަ ދުވަހު އެމެރިކާއަށް ވަޑައިގަންވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އެމެރިކާއާއެކު އޮތް ގުޅުން ހީނާރުވެފައިވާތީ އެގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ޔޫއެސްގެ ސްޓޭޓް ޑިޕާޓްމެންޓްއާ ޔޫއެސް ޓްރެޜަރީ އަދި ޔޫއެސް އެއިޑް އާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިދަތުރުގައި އެމެރިކާ ތިންކްޓޭންކެއް ކަމަށްވާ ސެންޓަރ ފޯ ސްޓްރެޓިޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީސްއަށް ޒިޔާރަތް ކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ބެހޭ ގޮތުން ވާހަކަދައްކަވާނެ ކަމަށެވެ.

މިދަތުރުފުޅުގައި އދ. ސަލާމަތީ މަޖިލީހުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން ވެސް މިނިސްޓަރު ވާހަކަދައްކަވާނެއެވެ.

މިއީ ޝާހިދު ފޮރިންގ މިނިސްޓްރީކަމާއި ހަވާލުވެޑައިގެންނެވިފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެއެވެ. މިދަތުރުފުޅަށްފަހު މިނިސްޓަރު ޝާހިދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތައްށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
22 ޖެނުއަރީ 2019 | އަންގާރަ 18:25
އިސްރާއިލުގެ ގޮންޑީކޮށްކޮ ތަ؟
އިސްރާއިލުގެ ގޮންޑީކޮށްކޮ ތަ؟