Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 21:26
މިއަދު ބޭއްވި ސެޝަނުގެ ތެރެއިން
މިއަދު ބޭއްވި ސެޝަނުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޖެންޑަރ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކެބިނެޓަށް ސެޝަނެއް ކުރިޔަށް ގެންގޮސްފި
ސެޝަނުގައި ވަނީ މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައިފައި

"މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން" މި ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކެބިނެޓަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި، ގުޅުން ހުރި ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައިފައިވެއެވެ.

މީގެއިތުރުން ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ދަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ގޮތުން، ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ވެސް މި ފަދަ ޕްރޮގްރާމްތައް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ހިންގާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެނީ -- ފޮޓޯ: ރައީސް އޮފީސް

އަންގާރަ ދުވަހު ބޭއްވި ސެޝަންގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝިރާނީ ނަޢީމް އަދި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް