Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 13:46
ޕީއެންސީ އުފެއްދުމަށް ފޯމު އީސީއަށް ހުށައަޅަނީ
ޕީއެންސީ އުފެއްދުމަށް ފޯމު އީސީއަށް ހުށައަޅަނީ
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން
ޕީއެންސީ އިން ހުށައެޅި 4،000 ފޯމުން ސައްހަވީ 1950 ފޯމް!
ޕީއެންސީން އަލުން ވަނީ 1100 ފޯމް ހުށަހަޅާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކަމިޝަނަށް ހުށައެޅި 4،000 ފޯމްގެ ތެރެއިން ސައްހަވީ 1،950 ފޯމްކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެކަން އީސީ އިން ވަނީ ޕީއެންސީއަށް އަންގާފައެވެ.

ގާނޫނުގައި ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީވުމަށް 3،000 ސައްހަ މެމްބަރުން ބޭނުންވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަދަދު ހަމަނުވެގެން މިހާރު ޕީއެންސީ އިން ވަނީ 1،100 ފޯމު ހުށައަޅާފައެވެ. 

ޕީއެންސީގެ ފަރާތުން މި މަހުގެ 9 ވަނަ ދުވަހު 4،000 ފޯމު އީސީއަށް ހުށަހެޅުމާ އެކު ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެއްވެސް މީހެއްގެ ނުރުހުމުގައި ސޮއިކުރުވާފައި ނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. 

މިކަމާ ގުޅިގެން އީސީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީއެންސީއަށް ހުށައެޅި ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް އެ ކަމިޝަނުން ފަށާފައިވާ ކަމަށެވެ. ކުރިން ހުށަހެޅި ފޯމްތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފިންގަޕްރިންޓް ދިމާނުވުމާއި ތާރީހްތައް ދިމާނުވުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. 

ޕީއެންސީ ރަޖިސްޓްރީކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު ދާދި ފަހުން އިތުރު ދެ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރުމަށް އުފެއްދި ލޭބާ ޕާޓީއެވެ. މި ދެ ޕާޓީއާ އެކު ރާއްޖޭގައި މި ވަގުތު އަށް ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް