Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 13:12
ޔޫއޭއީގެ އިސް އޮފިޝަލުންނާއި ޝާހިދު ބައްދަލުކުރައްވަނީ
ޔޫއޭއީގެ އިސް އޮފިޝަލުންނާއި ޝާހިދު ބައްދަލުކުރައްވަނީ
ޓްވިޓަރ
ރާއްޖެ-ޔޫއޭއީ
ޔޫއޭއީގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ޝާހިދު ބައްދަލުކުރައްވައިފި
ދެގައުމުގެ ކުރިއެރުންތަކަށް ވަނީ މަޝްވަރާކުރައްވާފައި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޝާހިދު ވިދާޅުވީ އެބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުންތަކަށާއި އިގްތިސާދީ ގޮތުން ކުރިއަރާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

މިނިސްޓަރ ޝާހިދު ވަނީ މިދިޔަ ހަފްތާގައި ވެސް ޔޫއޭއީ އަށް ވަޑައިގަންނަވާފައެވެ. ޝާހިދު މިދިޔަ ހަފްތާގައި ޔޫއޭއީއަށް ވަޑައިގެންނެވީ ރައީސް ސާލިހުގެ އަރިހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް