Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 12:31
މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ނައިބު ރައީސް
ޖަޕާނުގެ ސަފީރު ނައިބު ރައީސް ފައިސަލް ނަސީމްގެ އަަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފަވޭ

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޖަޕާނުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަގުބޫލު މަންޒިލެއްގެ ގޮތުގައި ޖަޕާނަށް ތަޢާރަފު ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ވިޔަފާރީގެ ރޮނގުންނާއި، ތައުލީމީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކުގެ އިތުރުން ދެގައުމަށް މަންފާކުރާނެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ޖަޕާނުގެ ސަފީރު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފުކުރައްވައި އެކަންތައްތައް ހާސިލްކުރުމުގައި ޖަޕާނުން ވެދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް