Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 23:07
ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ އަނދާފައި
ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ އަނދާފައި
ރާއްޖެއެމްވީ
މާފުށީ
ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ، މާފުށީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
ވަގުތީ ގޮތުން ކޭބަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

ގެސްޓުހައުސް ވިޔަފާރި ކުރިއަރާފައިވާ، ކ. މާފުށްޓުށީ ގެތަކަށް ކަރަންޓް ދޫކުރުމަށް ބޭނުންކުރާ ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވެ، އެ ރަށުގެ ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ، މާފުށީގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ޑިސްޓްރިބިއުޝަން ފޮށީގައި ރޯވުމުން ކަރަންޓް ދިނުމަށް ބޭނުން ކުރާ ކޭބަލްތައް އަނދާފައިވާ ކަމަށާއި ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރަށަށް ކަރަންޓް ހިދުމަތް ދޭ ސްޓެލްކޯއިން، ވަގުތީ ގޮތުން ކަރަންޓް ކޭބަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އުސްމާން ވިދާޅުވިއެވެ.

އެ ފޮށީގައި ރޯވުމުން، ކަރަންޓު ބޮޑު ބަޔަކުން ކެނޑުނު ނަމަވެސް، މިހާރު ރަށުގެ ބޮޑު ބަޔަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުން ކަރަންޓް ކެނޑުމުން، ރަށުގެ ގެސްޓުހައުސްތަކުގެ ހިންގުމަށް ވަނީ ބުރޫއަރާފައެވެ. ފަތުރުވެރިންނާ އެކު މާފުށީގައި މިވަގުތު ތިބި މީހުންގެ އަދަދު 5،000އަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. މާފުށީގައި 52 ގެސްޓް ހައުސް ހުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް