Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 01:11
ނައިބް ރައީސް ފައިސަލް ނަސީމް (ކ) އާއި ކިއުބާ ސަފީރު ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް
ނައިބް ރައީސް ފައިސަލް ނަސީމް (ކ) އާއި ކިއުބާ ސަފީރު ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް
ރައީސް އޮފީސް
ނައިބް ރައިސް ފައިސަލް ނަސީމް
ރާއްޖެއާ އެކު މަސައްކަތް ކުރުމަށް ކިއުބާ އޮތީ ތައްޔާރަށް: ކިއުބާ ސަފީރު
ދެބޭފުޅުން ވަނީ ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި

ރާއްޖެއާއެކު މަސައްކަތް ކުރުމަށް ކިއުބާއިން އޮތީ ތައްޔާރަށް ކަމަށް، ކިއުބާއިން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުންނަވާ އެލޭނާ ރާމޯސް ރޮޑްރިގެޒް ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ހަމަ އެއާއެކު ރާއްޖެއާ އެކު މަސައްކަތް ކުރެއްވުމަށް ކިއުބާއިން ތައްޔާރަށް އޮތް ކަމަށް އެނޭވާ ވަނީ ވިދާޅުވެފައެވެ.

ކިއުބާއާ ރާއްޖެއާ ދެ ގައުމުން އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ނައިބް ރައީސާ ސަފީރު ވަނީ މަޝްވަރާ ތަކެއްކޮށްފައެވެ.  ރާއްޖެ އަށް އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުން ސަފީރު އެލޭނާ ވިދާޅުވީ، ރާއްޖެއާ ގުޅުން ބަދަހިކުރުމަކީ ބައިނަލްއަޤުވާމީ ގޮތުން ކިއުބާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭއަށް އެންމެ ބޮޑު އަމްދަނީއެއް ވައްދައިދޭ ފަތުރުވެރިކަމުގެ އިތުރުން ސިއްހީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކިއުބާ އަށް 2017 ވަނަ އަހަރު އެކަނިވެސް 4.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓްގެ ގޮތުގައި ކަނޑައަޅާފައިވާ އޯލްޑް ހަވާނާއަކީ ކިއުބާއަށް ޒިޔާރަތްކުރާ ޓޫރީސްޓުންގެ މެދު އެންމެ މަގުބޫލު އެއް މަންޒިލެވެ. ކިއުބާގެ ސިއްހޯ ހިދުމަތް ފޯރުކޮށްދެނީ އެ ގައުމުގެ ސަރުކާރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް