Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 22:51
ފިނިހަކަތަކެއް ވާދޫގައި
ފިނިހަކަތަކެއް ވާދޫގައި
ރާއްޖެއެމްވީ
ގދ ވާދޫ
ވާދޫގައި އާދަޔާ ހިލާފަށް ފިނިހަކަ، ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް
ފިނިހަކަ އަޅައިގެން އުޅޭތާ 7 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި
ދަނޑުވެރިންނަށް ފަތްޕިލާވެލީ އެއްވެސް ބާވަތެއް ނުހެއްދޭ
ގެތަކުގެ ގަސްތަކުގައި ފިނިހަކަ އަޅާފައި

ގދ. ވާދޫގެ ދަނޑުތަކާއި ގަސްތަކުގައި ''ފިނިހަކަ'' އާދަޔާ ހިލާފަށް އާލާވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެރަށުގެ ކައުންސިލުން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލުން ބުނީ ފިނިހަކަ އާލާވެގެން އުޅޭތާ ހަތް މަހަށް ވުރެ، ގިނަ ދުވަސްވެފައިވާ ކަމަށާއި މުޅި ރަށަށް އެ ފެތުރިފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ރަށުގެ ގެތަކުގެ ގަސްތަކާއި، މާބަގީޗަކަށް ވެސް ފިނިހަކައިގެ ނުރައްކާ ފޯރާފައިވާ ކަމަށެވެ.

ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ ފަޅޯދަނޑުތައް ވެސް ކަމުންދާ ކަމަށެވެ. އަދި ފަތްޕިލާވެލީ އެއްވެސް ބާވަތެއް މިހާރު ނުހެއްދޭ ކަމަށް ވެސް ކައުންސިލުން ފާހަގަކުރިއެވެ. 

ފިނިހަކަތައް ދަނީ ގެތަކަށް ވެސް ވަންނަމުން

ކައުންސިލުން ބުނީ ފިނިހަކަ އާދަޔާ ހިލާފަށް ގިނަވެ، ގަސްތަކަށް ގެއްލުން ދެނީ ރޭގަނޑުގެ ވަގުތުގައި ކަމަށާއި މިހާރު ރަށުގެ ގެތަކުގައި ހައްދާފައި ހުރި، ފޭރުގަސް، ޖަބުރޯލު ފަދަ ގަސްތަކަށް ނުރައްކާވެފައިވާ ކަމަށެވެ.

''ފިނިހަކަ ނުކުމެ ގަސްތައް ކަނީ ރޭގަނޑު. ފަތްތަކާއި، މޭވާތަކާއި، ގަސްގަނޑު ވެސް ދަނީ ކަމުން. ގިނަ ގެތަކުގެ ގަސްތައް ވަރަށް ބޮޑަށް ހަލާކުވެއްޖެ'' ކައުންސިލުން ބުންޏެވެ.  

މީގެ އިތުރުން ކައުންސިލުން ބުނީ މިއީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ތަފާތު ބޭސްތައް ބޭނުން ކުރިޔަސް ފިނިހަކަ ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށެވެ. އަދި ފިނިހަކަ ގައިގައި ޖެހިއްޖެނަމަ ހިރުވަ ކުދި ބިހި ނެގުންފަދަ މައްސަލަ ދިމާވަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މާބަގީޗާގެ ތެރޭގައި ހުރި ފިނިހަކަތަކެއް 

މީގެ އިތުރުން ކައުންސިލުން ބުނީ ފިނިހަކައިގެ އުދަނގޫ ބޮޑުވުމާ އެކު ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ސަމާލު ކަމަށް ގެނައި ނަމަވެސް މާ ބޮޑު ހައްލެއް ނުލިބޭ ކަމަށާއި، އޭރުގެ ފިޒަރީޝް މިނިސްޓްރީގެ އޮފިޝަލުން ތަކެއް އެރަށް ގޮސް ފިނިހަކަ މެރުމަށް ފަނިތަކެއް ދޫކުރި ކަމަށެވެ. ނަމަވެސް މާބޮޑު ހައްލެއް ލިބިފައިވާ ނުވާ ކަމަށް ކައުންސިލުން ބުންޏެވެ. 

ކައުންސިލުން ބުނީ މިހާރު އެ މައްސަލަ ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، އުންމީދު ކުރަނީ ވީ އެންމެ އަވަހަށް ހައްލު ލިބިގެން ދިއުން ކަމަށެވެ. 

އާބާދީގައި 1463 މީހުންގެ ދިރިއުޅޭ ވާދޫއަކީ ދަނޑުވެރިން ކޮށްގެން އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް