Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 18:16
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު
އިސްލާހު ފާސްވުމުން އިންތިޚާބުގައި ހުރިހާ ބޭފުޅުންނަށް ވާދަ ކުރެވޭނެ: ލަތީފް
އެ ބިލު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައި
އެ އިސްލާހު ފާސް ކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި

ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އިންތިޚާބުގައި ހުރިހާ ބޭފުޅުނަށް ވާދަ ކުރެވޭނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

 ހޯމަ ދުވަހު ލަތީފް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޕްރައިމަރީގައި ބަލިވުމަކުން އެއްވެސް ބޭފުޅަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށް އޭނާ ހުށަހަޅާފައިވާ ޤާނޫނު ފާސްވުމުން އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށެވެ.

އަދި އެ އިސްލާހު ފާސް ކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ލަތީފްގެ ޓްވީޓްގައި ވެއެވެ.

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެންބަރަކަށް އެހެން ހައިސިއްޔަތަކުންވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނުނަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ލަތީފް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ގައެވެ.

އަދި އެ ބިލު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ލަތީފް ހުށައެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވެފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު ހުށައަޅުއްވަމުން ލަތީފު ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީގައި މިހާރު ގެންގުޅޭ އުސޫލައް ހަރުދަނާ ކުރުމާއި، ޕާޓީއަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އިޚުލާސްތެރި ބޭފުޅުންނަށް ފުރުސަތު ގެއްލިގެންދާ ދިއުން ހުއްޓުވުމަށް ހުށައެޅުއްވި ބިލެއް ކަމަށެވެ.

ލަތީފު އިތުރަށް ވިދާޅުވީ، ޕްރައިމަރީން ބަލިވުމުން އިތުރަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރައްވާފައިވާ ރަނގަޅު ނޫން ކަމެއް ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް