Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 15:59
މި އަހަރުގެ މިހާތަނަށް ފަސް ފަތުވެރިއަކު ވަނީ މަރުވެފައި
މި އަހަރުގެ މިހާތަނަށް ފަސް ފަތުވެރިއަކު ވަނީ މަރުވެފައި
ގޫގުލް
ޓޫރިސްޓުން މަރުވުން
ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި

މޫދަށް އެރި އުޅޭ މީހުން ކަރަންޓްގައި ޖެހޭ ގޮތަށް "ހައި ވޯލްޓޭޖް" ކަރަންޓް ކޭބަލްތަކެއް ރާއްޖޭގެ ކަނޑު އަޑީގައި އަޅާފައި ނުހުންނާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

'ގޮތް ނޭނގޭ' ގޮތަކަށް ރާއްޖޭގައި ގިނަ ފަތުރުވެރިންތަކެއް މަރުވަމުންދަނީ ކަނޑުއަޑީގައި އަޅާފައިވާ ކަރަންޓް ކޭބަލްތަކުގެ ސަބަބުން ކަމަށް 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިއަކު ތުހުމަތުކޮށްފައި ވާތީ، އެކަމާ ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނައީމް ވިދާޅުވީ ކުދި ކަރަންޓް ކޭބަލްތަކެއް އަޅާފައި ހުރެދާނެ ކަމަށާއި، އެފަދަ ކޭބަލަކުން ލީކްވާ ނަމަ، އެ ކޭބަލެއް ނުނަގައި ނުބާއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.

ނައީމް ވިދާޅުވީ ގިނަ އަދަދެއްގެ ފަތުވެރިން ރާއްޖޭގައި މަރުވަމުންދަނީ ރިސޯޓްތަކުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހްމާލްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ލައިފް ގާރޑުން ނުތިބުމާއި، ރިސޯރޓްތަކުން ފަތުރުވެރިންނަށް ރަނގަޅަށް އޮރިއެންޓޭޝަން ނުދޭކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ. އޮއިވަރުގައި ޖެހުމުން އަމަލުކުރަން ޖެހޭ ގޮތް ފަތުރުވެރިންނަށް ނޭނގުމާއި، ފަތުރުވެރިންނަށް ނޭނގި ފުންތަންތަނަށް ފޭބުމުގެ ސަބަބުން މި ފަދަ ހާދިސާތަށް ހިގަމުންދާކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ.

2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް ކަމަށްވާ "ލީސާ މޯލް 'ދަ އައިރިޝް ސަން' އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ކުއްލި މަރުތަކާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ލީސާއަށް ދިމާވި ހާދިސާގެ ސަބަބުން އަޔަލޭންޑްގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް ތަހުގީގެއް ފަށާފައިވާއިރު، އެތަނުން އެކަކު ބުނާ ގޮތުގައި 'ކަނޑުއަޑީގައި އަޅާފައިވާ ކޭބަލްތަކުން" (ލީސާ)ވަނީ "އިލެކްޓްރޮކިއުޓްވެފަ"އެވެ.  މީގެ އިތުރުން ހަމަ އެ އަހަރު  ހަނީމޫނަށް ރާއްޖެ އައި އަޔަލޭންޑަށް ނިސްބަތްވާ އެންޑްރޫ ރޮޑީ ގެނބިގެން މަރުވެފައިވާއިރު، އޭނާ ވެސް މަރުވެފައި ވަނީ "އިލެކްޓްރޮކިއުޓް" ވެގެން ކަމަށް ލީސާ ވަނީ ތުހުމަތުކޮށްފައެވެ. ފަތުރުވެރިން މަރުވަމުންދަނީ ގެނބިގެންކަން ކަނޑައަޅަމުންދާ ކަމަށް ފާހަގަކުރަމުން ލީސާ ބުނީ އޭނާ މި ވާހަކަތައް ދައްކަން ބޭނުންވީ 'އެކަމަށް މީހުން ހޭލުންތެރި ކުރުމަށް' ކަމަށެވެ.

މި އަހަރު ފުރަތަމަ 21 ދުވަހުގެ ތެރޭގައި މިފަދަ ހާދިސާތަކުގައި ފަސް ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. މި އަހަރު އެންމެ ފުރަތަމަ މަރުވެފައި ވަނީ ކ. ދިއްފުށީގައި ހަނީމޫން ހޭދަ ކުރަމުންދިޔަ ފިލިޕީންސްގެ ޒުވާން ދެމަފިރިއެކެވެ. މި މަހު 16 ވަނަ ދުވަހު ވެސް، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބިގެން ޓޫރިސްޓަކު ވަނީ މަރުވެފައެވެ. އަދި ހޮނިހިރު ދުވަހު ދެ މަރު ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ޕެރެޑައިސް އައިލެންޑްގައި 84 އަހަރުގެ ޗެކް ރިޕަބްލިކަށް ނިސްބަތްވާ މީހެއްގެ މަރަކާއި ސަފާރީއަކުން ޑައިވިންއަށް ދިޔަ ރަޝިއާ ޓޫރިސްޓެއްގެ މަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 11:33
Haama
High voltage cable huri sarahaddhuthag epa inn aanmu kuran jeheyne kamugai dheken. Aee ethanthanah moodhah erumuge kurin current naannakan check kurumah takaa