Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 15:16
ޖޭޕީގެ ލީޑަރު ލީޑަރ ގާސިމް އިބްރާހިމް
ޖޭޕީގެ ލީޑަރު ލީޑަރ ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ކޯލިޝަން ދެމެހެއްޓުން
ގާސިމް އާއި އެކު ކޯލިޝަން ހަަދަން ޕީއެންސީން ތައްޔާރު!
ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރުމަށް ގާސިމް ފެއްޓެވި މަސައްކަތުގައި އެމަނިކުފާނާއި، އެ މަނިކުފާނުގެ ޕާޓީއާ އެކުގައި ތިބޭނެ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީއާ އެކު ތައްރާރަށް އޮތް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީޕީއެމްގައި ދޫކުރައްވައި ޕީއެންސީއަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާ މެމްބަރު ޑރ. އަބްދުﷲ ހަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަނިޔާވެރި ވަކިތަކުން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރުމަށް ގާސިމް ފެއްޓެވި މަސައްކަތުގައި އެމަނިކުފާނާއި، އެ މަނިކުފާނުގެ ޕާޓީއާ އެކުގައި ތިއްބެވި ކަމަށެވެ. ރައްޔިތުން އެދޭ މަޖިލީހެއް ރައްޔިތުން ހޮވާނެ ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ނުދޭނެ ކަމަށް ހަލީލްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ޕީއެންސީން ގާސިމް އާއި އެކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުންނަން ތައްޔާރަށް އޮތް ކަމަށް ބުނެފައި މި ވަނީ  އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލިސް އިންތިޚާބުގައި ޕީއެންސީއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ގާސިމް ވެސް ވަނީ ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ނިކުންނާނެ ކަމަށް އިއުލާންކޮށް އެ ޕާޓީގެ ޕްރައިމަރީ ނިންމާލި ހިސާބުން ގާސިމްގެ ބަހުގެ ހޫނު ހަމަލާތައް އެމްޑީޕީއަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ގެންދަވަނީ އަމާޒުކުރައްވަމުންނެވެ.

ނަޝީދަށް އަމާޒުކޮށް ބަހުގެ ހޫނު ހަމާލަތަކެއް ގާސިމް ދެއްވާފައިރު، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ، ރާއީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެމްޑީޕީން އިން ބުނެފައި ވަނީ އެއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ހުށަހެޅުނު ބިލެއް ކަމަށެވެ. އެ ބިލް ނެގުމަށް ލަތީފަށް ޖޭޕީން ކުރިން އެންގި ނަމަވެސް ގާސިމް އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާ ބިލެއްގެ ސަބަބުން އެ މެންބަރަކާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި ނަމަވެސް އެ ބިލަކީ ޖޭޕީ އަޑީގައި އޮވެގެން ހުށަހެޅި ބިލެއް ނޫން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް