Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 12:18
ސަރުކާރުގެ އޮފިސް އިމާރާތް، ވެލާނާ ބިލްޑިންގ
ސަރުކާރުގެ އޮފިސް އިމާރާތް، ވެލާނާ ބިލްޑިންގ
ޓްވިޓަރ
ސަރުކާރު ބަންދު ދުވަސްތައް
ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
ސަރުކާރު ބަންދުކުރަނީ އެ ދުވަހު މަޖިލިސް ހުޅުވާތީ

ފެބްރުއަރީ ހަތް ވަނަ ދުވަސް ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އެ ދުވަހު ބާއްވާތީ އެވެ. 

ދަރުބާރުގޭގައި ބާއްވާ މި ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދަނީ ކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 10:44
ާާލައިޝާ
ފެބްރުއަރީ 7 ދޯ 8 އަށް ނުހެދިކަން ރަގަޅު 8 އެއީ ފަހުގެ ބޮޑުހުޅުގެ ތާރީޚް
21 ޖެނުއަރީ 2019 | ހޯމަ 08:46
ހ މ ޒ
ވަރަށް ދެރަކަމެއް!! ދީނަށް ފުރައްސާރަކުރުން އިތުރުވެފައިމިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް!! ގައުމު ކުރިއެރުމާ ތަރައްގީ މަޑުޖެހިއްޖެ!! އިޖްތިމާޢީ ފޭރާން އަނެއްކާވެސް ކުދިކުދި ކޮށްލަން ފަށައިފި!! މިއީ މިރާއްޖޭގެ ގިނަ ރައްޔިތުންނާ ސިޔާސީ ބައެއް މީހުނާ ދީނީ ބައެއް މީހުންނާ ފަނޑިޔާރުގެތަކުންވެސް ބޭނުންވި ގޮތް ނޫންތޯ؟ ރައިސް ޔާމީންގެ ސަރުކާރުގައި މިކަހަލަ ކަންތައްތަކަށް ފުރުސަތު ނުދީ ދީނާ ގައުމުގެ މިނިވަންކަމާ ، ގައުމުގެ ސިޔާދަތާ ، ހަމަޖެހުން ގާއިމުކޮށް ކުރިއެރުންތަކާއެކު ގައުމު ތަރައްގީ ކުރަމުން ދިޔައީ!! އެމަނިކުފާނުގެ ސަރުކާރަށް އެތެރެއިންނާ ބޭރުން އެތައް ދުއްތުރާ ތަކެއް ކުރަމުން ދަނިކޮށް އެހުރިހާ ގޮންޖެހުމަކުން އަރައިގަންނަމުން ގައުމަށް އެތައް ކުރިއެރުން ހޯއްދަވާ ދެއްވާފަ އެމަނިކުފާނުގެ!