Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 12:10
ހުސެއިން ސާލިމް
ހުސެއިން ސާލިމް
ސަން
ހުސެއިން ސާލިމް
އެސްޓިއޯގެ ޗެއާމަންކަމުން ސާލިމް އިސްތިއުފާ ދެއްވައިފި
ސާލިމް އިސްތިއުފާ ދެއްވީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން

އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހުސެއިން ސާލިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެސްޓީއޯގެ ޗެއާމަންކަމުގެ މަގާމަށް 2016 ވަނަ އަހަރުގެ ފަހުކޮޅު ހަމަޖެއްސެވި ސާލިމް މަގާމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެއާމަންގެ މަގާމުން ސާލިމް އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރައްޔަތުންގެ މަޖިލިސް އިންތިހާބުގައި ނ.ހޮޅުދޫ ދާއިރާއަށް ވާދަކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. ސާލިމްއަކީ އެމްޑީއޭގެ ކައުންސިލް މެމްބަރެކެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނިއަރިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ސާލިމް ވަނީ އެސްޓީއޯގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމްޓީސީސީގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް