Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 16:36
އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބޭއްވީ މި މަހުގެ 18 ވަނަ ދުވަހު
އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބޭއްވީ މި މަހުގެ 18 ވަނަ ދުވަހު
ޓްވިޓަރ
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
ފުވައްމުލަކު ދެކުނު ދާއިރާގެ ޝަކުވާ ނުބެލުމަށް ނިންމައިފި
18ނަމުގެ ރީ ރެޖިސްޓްރޭޝަންގެ މައްސަލަ ޝަކުވާ ހުށަހެޅި ފަރާތުން އެދުނުގޮތަށް ޕާޓީން ޙައްލުކޮށްދީފައިވޭ

ޕްރައިމަރީއާ ގުޅޭ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ ނުބެލުމަށް އެމްޑީޕީން ނިންމައިފިއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާވި އަހްމަދު މައުރޫފު ހުށަހެޅި ޝަކުވާ ނުބެލުމަށް ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމީ، ޕްރައިމަރީގެ ކުރިން ވެސް އެ ޝަކުވާއަށް ގޮތެއް ނިންމަފައި އޮތުމުން ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މައުރޫފު ވަނީ ޕްރައިމަރީގެ ކުރިން ޖެނުއަރީ 9 ގައި ވެސް ހަމަ އެއް ޝަކުވާއެއް ހުށަހަޅާފައެެވެ. އެ ޝަކުވާއަކީ ޕްރައިމަރީގައި ވޯޓްލުމަށް އެ ދާއިރާގެ 37 މީހެއްގެ ރީރެޖިސްޓަރކުރުމުގައި މައްސަލަ އުޅޭކަމުގެ ޝަކުވާއެވެ. އެ ފަހަރު ހުށަހެޅި ޝަކުވާއާ ގުޅިގެން ރީރެޖިސްޓްރީ ކުރަން ހުށަހެޅި 37 މީހުންގެ ތެރެއިން 18 މީހެއްގެ ރީ ރެޖިސްޓްރޭޝަންގެ މައްސަލަ ރަނގަޅުކޮށްދީފައިވާ ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ އަށް ފަހު މައުރޫފު ހަމަ އެ ޝަކުވާ ހުށަހެޅުމުން، ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ މައްސަލަ ބަލަން ނުފެންނަ ކަމަށެވެ. ފުވައްމުލަކު މެދު ދާއިރާގެ ޕްރައިމަރީ މުމްތާޒް ކާމިޔާބުކުރީ 288 ވޯޓުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް