ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 09:45
ތެޔޮހޮޅި ގޮވާފައިވަނީ ތެޔޮ ނެގުމަށް މީހުން ޖަމާވެފައިވަނިކޮށް
ތެޔޮހޮޅި ގޮވާފައިވަނީ ތެޔޮ ނެގުމަށް މީހުން ޖަމާވެފައިވަނިކޮށް
ސީ.އެން.އެން
މެކްސިކޯ
މެކްސިކޯގެ ތެޔޮހޮޅި ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 85 އަށް އަރައިފި
ތެޔޮ ހޮޅިތަކުން ވައްކަންކުރަނީ ކާޓެލްތަކުން ކަމަށް އިދާރާތަކުން ބުނޭ

މެކްސިކޯގައި ތެޔޮ ހޮޅިއެއްގޮވައި މަރުވި މީހުންގެ އަދަދު 85 އަށް އަރާފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ތެޔޮހޮޅި ގޮވާފައިވަނީ ތެޔޮ ނެގުމަށް މީހުން ޖަމާވެފައިވަނިކޮށެވެ. ހޮޅި ގޮވާފައިވަނީ ވަގަށް ތެޔޮ ނަގަން އުޅެނިކޮށްކަމަށް އިދާރާތަކުން ބުނެއެވެ.

އީވަލްވޯ ސްޓޭޓްގެ ތްލައުއެލިލްޕަލްގައި ހިނގި މިހާދިސާގައި ތެޔޮ ހޮޅިން ލީކުވަމުންދިޔަ ތެލާއެކު ޖައްވުގެ ތެެރެއަށް އަލިފާންގަނޑުއަރާފައިވެއެވެ. ހޮޅި ގޮވުމާއިއެކު މީހުން އެހީއަށްއެދި ހަޅޭއްލަވަމުންދިޔަ އަޑުއިވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ ހޮރްކެ އަލްކޮސެރެ ވިދާޅުވީ ހާދިސާ އާއި ގުޅިގެން އިތުުރު 58 މީހެއްްގެ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މެކްސިކޯގައި ގާއިމްކޮށްފައިވާ ޕެޓްރޯލް އުފުލާ ޕައިޕް ވިއުގައިން ޕެޓްރޯލް ވަގަށް ނެގުން ހުއްޓުވުމުގެ ގޮތުން، މުހިއްމު ބައެއް ޕައިޕްތައް ބަންދުކޮށް ރައީސް މެނުއެލް އޮބްރާދޯ ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވިތާ ތިންވަނަ ހަފްތާގައެެވެ.

އެކަމާގުޅިގެން ތެޔޮ ލިބުން ދަތިވެފައިވާއިރު މެކްސިކޯގެ ރައީސް މެނުއެލް ލޮޕޭޒް އޮބްރަޑޯރ މިދިޔަ ހަފްތާގައި ވިދާޅުވީ ޕެޓްރޯލް ލިބުމުގައި ދަތިތަކެއް ނޫޅޭ ކަމަށާއި، ދިމާވެގެން އުޅެނީ ޕެޓްރޯލް ޑިސްޓްރިބިއުޝަންއަށް ގެނައި ބަދަލެއްގެ ސަބަބުން ފެން މަތިވެގެން އުޅޭ މައްސަލަތަކެއް ކަމަށެވެ.

އޮބްރަޑޯރ ވިދާޅުވީ މި ވައްކަންތަކުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް އެ ގައުމަށް 3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފުރަތަަމަ 10 މަހު އެކަނިވެސް ތެޔޮ ހޮޅިތަކުން ވަގަށް ތެޔޮނަގަން 12،581 ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ.

މިފަދަ ތަންތަނުން ތެޔޮ ނަގާ ރައްކާ ކުރުމަށް ނުވަތަ ވަގުންނަށް އެހީތެރިވުމަށް އަވަށްތަކުގެ މީހުންވެސް ތެޔޮހޮޅިތައް ކައިރިއަށް ގޮސް އުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް