Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 09:26
މުހައްމަދު ޝަރީފު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި
މުހައްމަދު ޝަރީފު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި
ރާއްޖެއެމްވީ
ލޯކަލް ގަވަނަންސް
ލޯކަލް ގަވަރމެންޓު މިނިސްޓްރީ އެއް ހަދަން ޖެހޭ: ސެންކޯ ޝަރީފު
ރައީސް ނަޝީދަށް މަޖިލިހަށް ކުރިމަތި ނުލެވޭ އިސްލާހެއް ހުށައެޅުމަކީ ގާނޫނު އަސާސީ ފުޑުފުޑު ކޮށްލުން
އެ އިސްލާހު މަޖިލީހުން ބަލައިގެންވެސް ނުވާނެ

ލޯކަލް ގަވަރމެންޓު މިނިސްޓްރީއެއް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި ޝަރީފް ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީ ހެދުމުގައި ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގޮތުން ބަހުސް ކުރެވިފައިވާ ކަމަށާއި، އެގޮތުން 16 ވަނަ މަޖިލީހުގައި އޭނާ ހުށައެޅި ދިވެހިރާއްޖޭގެ ތަރައްގީއާ ބެހޭ ގާނޫނަށް ބަހުސް ކުރެވުނު ކަމަށެވެ. ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ވަނިކޮށް މަޖިލީހުގެ ދައުރު ނިމިގެން ދިޔައީ ކަމަށެވެ.  

''ހަގީގަތުގައި އަޅުގަނޑުމެން އޭރު ވާހަކަ ދެއްކިއިރު މިނިސްޓްރީ އޮފް ލޯކަލް ގަވަރމެންޓް ހަދަން ޖެހޭނެ'' ޝަރީފް ވިދާޅުވިއެވެ.  

ދިވެހިރާއްޖޭގެ ތަރައްގީ އާއި ބެހޭ ގާނޫނު ގައި ހިމެނިފައިވާ ކަންތައް ބަޔާން ކުރައްވަމުން ޝަރީފް ވިދާޅުވީ، ރަށްރަށުގައި ކުރަން ބޭނުންވާ ކަންތައްތަކަށް ބަޖެޓެއް ހަދައި، އަތޮޅު ކައުންސިލުން ފޮނުވަން ޖެހޭނީ އެލްޖީއެއަށް ކަމަށެވެ. އެ ބަޖެޓް އެލްޖީއޭއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައި ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ގެނެސް އެ ފާސް ކުރުމަށް ފަހު އެކަން ކުރަން ޖެހޭނީ ދައުލަތުގެ ބަޖެޓަރީ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް އަމަލު ކުރެވިއްޖެނަމަ އެއްވެސް ކަހަލަ ކޮރަޕްޝަނެއް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.  

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބެހޭ ގޮތުން ވަހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެއްވެސް ހާލަތެއްގައި އެފަދަ އިސްލާހެއް ހުށަހެޅިގެން ނުވާނެ ކަމަށެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ރައްޔިތުންގެ އަސާސީ ހައްގުތައް ބަޔާން ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ވަރަށް ސާފުކޮށް އެއް މައްދާ އެއްގައި މަޖިލީހުގެ އެކި އެކި އިންތިހާބު ތަކުގައި ކޮންމެ ރައްޔިތަކަށް ބައިވެރިވުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް ބާޔާން ކޮށްފައިވާ ކަމަށެވެ. 

''އެ މާއްދާއަކު ނުބުނޭ ރައީސްކަން ކޮށްފައި ހުރި މީހަކަށް ބައިވެރި ނުވެވޭނެ. ވަޒީރު ކަން ކޮށްފައި ހުރި މީހަކަށް ބައިވެރި ނުވެވޭނެ ނުބުނޭ. ކޮންމެ ރައްޔިތަކަށް ވެސް އިންތިހާބު ތަކުގައި ބައިވެރިވުމުގެ ފުރިހަމަ ހައްގު ލިބިގެންވޭ. އިންތިހާބު ތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގުވެސް ކޮންމެ ރައްޔިތަކަށް ލިބިގެންވޭ. އަޅުގަނޑު ދޭކޭ ގޮތުގައި ގާނޫނު އަސާސީ ފުޑުފުޑު ކޮށްލުން ކަހަލަ ކަމެއް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ކުޅެލުން އެއީ. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ބަލައިގެންވެސް ނުވާނެ'' ޝަރީފް ވިދާޅުވިއެވެ.

 ލަތީފް ހުށައެޅި އިސްލާހަށް އިތުރަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް 19 ވަނަ މަޖިލީހަށް ރައީސް ނަޝީދު ފެނުމަކީ ވަރަށް ބޮޑަށް ބޭނުންވާފުޅު ކަމެއް ކަމަށެވެ. ސަބަބު ބަޔާން ކުރައްވަމުން ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ''އެޑްވައިޒް'' އަލަށް އިންތިހާބުވާ މަޖިލީހުގެ މެމްބަރުންނަށް ލިބިގެން ދާނެތީ ކަމަށެވެ.

''ރައީސް ނަޝީދަކީ ރާއްޖޭގައި މިއުޅޭ އެހެން މީހުން ކަހަލަ މީހެއް ނޫން. ގާނޫނު އަސާސީ ހެދުމުގައި ވެސް އަޅުގަނޑުމެންގެ މެމްބަރުން ގެންދަވައިގެން ރޭގަނޑާއި ދުވާލު އަޅުގަނޑުމެންނަށް ކަންކަން ގެންދާނެ ގޮތުގެ އެޑްވައިޒް ދެއްވާ ކަންތައް ކުރެއްވި'' ޝަރީފް ވިދާޅުވިއެވެ.  

ރައީސް ނަޝީދުގެ އިތުރުން މަޖިލީހަށް ބޭނުންވަނީ އިލްމީ އަދި ގާބީލް ބޭފުޅުން ކަމަށާއި، މަޖިލީހަށް ވަންނަ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮންނަން ޖެހޭ މީހެއް ކަމަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށައެޅި ކަމަށާއި ނަމަވެސް ފާސްވެފައި ނުވާ ކަމަށް ގާނޫން އަސާސީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 06:03
ސިންކި
މައްސަލައަކީ އެމިނިސްޓްރީ ހިންގަން ހަވާލުކުރާނެ ރަނގަޅު ތަންދޮރު ދަންނަ މީހަކު ނެތީމާ.