Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 09:18
ވެރިރަށް މާލެ
ވެރިރަށް މާލެ
މުހައްމަދު ޝަރުހާން
ފާރެއް ވެއްޓުން
މާލޭގައި ފާރެއްގެ ބައެއް ވެއްޓި ޒުވާނަކަށް އަނިޔާވެއްޖެ
އަނިޔާވި 19 އަހަރުގެ ޒުވާނަކަށް
ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި

ޗާންދަނީ މަގު ރެޑްބީ ފިހާރަ ކައިރީ ހުރި ގެއެއްގެ ފާރުގެ ބައެއް ވެއްޓި ޒުވާނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މާލެގައި ފާރެއްގެ ބައެއް މީހެއްގެ ގަޔަށް ވެއްޓިގެން އަނިޔާ ލިބުނު ކަމުގެ ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެރޭ ހަތެއް ޖެހިއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާނަކަށް ކަމަށާއި، ފާރުން ވެއްޓުނު ބައި ގޮސް ޖެހުނީ އޭނާގެ އަތުގައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ޒުވާނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސައިކަލްތަކަށް ވެސް ކޮންމެވެސް ވަރަކަށް ވަނީ ގެއްލުން ލިބިފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި ހާދިސާ ހިނގާ އަދަދު ވަނީ ގިނަވެފައެވެ. އާދިއްތަ ދުވަހު ހެނދުނު ގެއެއްގެ ފަސްވަނަ ފަންގިފިލާ އިން ކައިރީގައި ހުރި ތަނެއްގެ ފުރާޅުގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓި ވަނީ އަނިޔާވެފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގެ އިމާރާތަކުން ވެއްޓި ބިދޭސީ އަކަށް ވެސް ވަނީ އަނިޔާވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް