Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 01:05
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
އަލީ ސަމާޚް
ގާސިމް އިބްރާހިމް
އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
ހުރިހާ ބަޔާކައި ވާހަކަ ދައްކަން ތައްޔާރު: ގާސިމް
ޔާމީނާ ކޯލިޝަން ހަދާފާނެތޯ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ދޭނީ ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ކުނޫޒުގައި ބޭއްވި ރަސްމީއްޔާތުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސޮއި ކުރައްވާފައިވާ އެގްރީމެންޓުގައި ޖޭޕީއަށް މަޖިލީހުގެ 25 ޕަސެންޓް ގޮނޑި ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ގަރާރުގައި ރައީސް ސޯލިހު ވެސް ސޮއިކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ނަމަވެސް އެ އެގްރީމެންޓާ، އެމްޑީޕީން ހިލާފުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. 

ރައީސް ސޯލިހަށް ޖޭޕީގެ ފަރާތުން އަހުދާއި ވައުދު ފުއްދުމަށް އެއްބާރުލުން ލިބޭނެ ކަމަށާއި އެކަމަކު އެ އެއްބާރުލުން ލިބޭނީ ގާނޫނުއަސާސީ އާއި ގަނޫނު އިމުގެ ތެރެއިން ކުރެވިފައިވާ "އަހުދާއި ވައުދު" ދެމެހެއްޓުމުން ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، އެމްޑީޕީން ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ވަކިން ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ.

''އެކަމަކު އެރޭގެ ނަތިއްޖާ ނިމުނުއިރު ވޯޓަށް އެހިއިރު ވޯޓަށް އެހިގެން ދިޔައީ އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް .އެމްޑީޕީއިން ހުރިހާ ދާއިރާ އަކަށް ވާދަކުރަން ނިންމީ. އެއީ އަޅުގަނޑުމެން އަހުދާއި ވައުދާއި ހިލާފު. އެދިޔައީ އެހިސާބުން. އަޅުގަނޑުމެން އެހެން އެއްވެސް ޕާޓީ އަކަށް އެއްޗެއް ނުލިބޭ ގޮތަށް،'' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް ވެސް މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ޖޭޕީ ''ނަގައި، ހޫރާލާފައިވާ'' ކަމަށް ގާސިމް ވިދާޅުވިއެވެ.

''ދެން މަގުމައްޗަށް ނެރެ އެއްލާލީމާ އަޅުގަނޑުމެން ސަލާން ޖަހަން މަގުމައްޗަށް ނިކުންނަން ޖެހޭ،'' އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާސިމް ވިދާޅުވިއެވެ.  

މަޖިލީސް އިންތިހާބަށް ޖޭޕީއާ ކޯލިޝަން ހަދަން ބަޔަކު ބޭނުންވާ ހިނދެއްގައި އެ ބަޔަކާ ގުޅިގެން މަޖިލީހުގެ ގޮނޑިއެއް ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަން ހަދާފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، އެ ސުވާލަށް ގާސިމް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީހުރިހާ ބަޔާކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

ރައީސް ނަޝީދަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއިދު ކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ގާސިމް ވިދާޅުވީ، އެ އިސްލާހު ހުށަހަޅަން އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕްގެ އެއްވެސް ދައުރެއް ނުވާނެ ކަމަށެވެ.

 ''ގާނޫނު އަސާސީގެ 90 ވަނަ މާއްދާ ބައްލަވައިލައްވާ . ރައްޔިތުންގެ މެމްބަރުންނާ މެދު އެބޭފުޅުން ހުށައަޅައި ހުށައެޅުމާއި އެބޭފުޅުން ދައްކާ ވާހަކަ އާއި އެބޭފުޅުން ކުރައްވާ ކަންތައްތަކަށް މެދުގައި އެއްވެސް ޝަރިއަތެއް އެއްވެސް ތަނެއްގައި ނުހިގެންވޭނެ. މަޖިލީސް މެމްބަރުންނަކީ މިނިވަން ބައެއް. އެ ކުޅި ކުޅިވަރެއް ނުކުޅެވޭނެ''

އެމްޑީޕީން ނުފޫޒު މަޖިލީހަށް ފޯރު ވިޔަސް އެކަން ނުވާނެ ކަން ބަޔާން ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް