Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 21:13
އިބްރާހިމް އިސްމާއިލް - އޭނާ ފުލަށް ހާޒިރުކުރި މައްސަލައެއް ފުލުހުން ހާމައެއް ނުކުރޭ
އިބްރާހިމް އިސްމާއިލް - އޭނާ ފުލަށް ހާޒިރުކުރި މައްސަލައެއް ފުލުހުން ހާމައެއް ނުކުރޭ
އަޒުމޫން އަހުމަދު
އިބްރާހިމް އިސްމާއިލް
އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
އިބްރާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30 ހާއިރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިބްރާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30 ހާއިރުކަމަށެވެ. ނަމަވެސް އިބްރާ ހާޒިރުކުރީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމައެއް ނުކުރޭ އެވެ. 

އިބްރާ، ހާޒިރުކުރި މައްސަލަ ހާމަނުކުރި ނަމަވެސް، އޭނާ ކުރި ޓުވީޓެއްގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އިބްރާހިމް އިސްމާއިލް ކުރި ޓުވީޓްގައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ހިމެނޭކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެސް ވަނީ އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ ފަރާތްތައް ހޯދައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެކަންތައްތައް ހުއްޓުވުމަށް މަސަތްކަތްކުރާނެކަމަށް ބުނެފަ އެވެ. އަދި ފަހަކަށް އައިސް ބައެއް މީހުންގެ ފަރާތުން ސޯޝަލް މީޑީއާ އާއި ނޫސް މަޖައްލާތަކުގެ ނާޖާއިޒު ފައިދާ ނަގައި އިސްލާމްދީނާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާކަމަށާއި، އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

ދީނާ ހިލާފު ވާހަކަތައް ދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންގެ އިދާރާއިންވެސް މީގެކުރިން ދީފައިވެއެވެ. އަދި ބައެއް ފަރާތްތައް ހާޒިރުކޮށް، ސުވާލުކޮށް، ނަސޭހަތްވެސްދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 05:17
ހ މ ޒ
މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަައަށާއި އެކަލޭގެފާނުގެ ޞަހާބީންނަށް ފުރައްސާރަކުރުމުން، ދާތީ އޭނާ އާއި ދެކޮޅު ހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ހައްޔަރު ކޮށްފިއެވެ.
20 ޖެނުއަރީ 2019 | އާދީއްތަ 20:36
މޑޕ
މަޖިލިސް އިންތިހާބު ނިމެންދެން ހަގީގީ ސޫރައެއް ނުފެންނާނެ
20 ޖެނުއަރީ 2019 | އާދީއްތަ 20:32
ޔާ
މީހުން އެއްޗެހި ކިޔާތީ ގޭމެއް ޖެއްސީ
20 ޖެނުއަރީ 2019 | އާދީއްތަ 20:30
ހ މ ޒ
ސެކިއުރިޓީ ދޭންވެގެން ގެންދިޔައީ
20 ޖެނުއަރީ 2019 | އާދީއްތަ 20:27
ދދދދ
ނުވިހާ އޮޕަރޭޝަން ކޮށްގެން ޒިިނޭ ކުރަމުން ގެންދަންވީ ކަމަށް ބުނާ މީހާ ހާޒިރު ކުރަން ކެރޭނެ؟ މަ ހުވާ ކޮށްފަ މި ބުނަނީ ނުކެރޭނެ.
20 ޖެނުއަރީ 2019 | އާދީއްތަ 16:21
ޔާންޓެ
Raajje mv nidhin heylaifi