Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 19:49
ފަތުރުވެރިއަކު މޫދުގައި
ފަތުރުވެރިއަކު މޫދުގައި
ރާއްޖެ އެމްވީ
ފަތުރުވެރިން މަރުވުން
އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
މަރުވި ރަޝިއާ އަންހެނެއް
އޭނާ މަރުވީ ޑައިވިންއަށް ގޮސް އުޅެނިކޮށް

ސަފާރީއަކުން ޑައިވިންއަށް ދިޔަ ރަޝިއާ ޓޫރިސްޓަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ސަފާރީއަކުން ފީނަށް ގޮސް އުޅެނިކޮށް މަރުވީ 40 އަހަރުގެ ރަޝިއާ އަންހެނެއް ކަމަށެވެ. އޭނާ މަރުވިކަމުގެ ރިޕޯޓް ލިބުނީ އާދީއްތަ ދުވަހު އިރުއޮއްސި 6:06 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިއާ ޑައިވިންއަށް ގޮސް އުޅުނީ އދ. މުށިމަސްމިގިލި ކައިރިއަށް ކަމަށެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި މަރުވި ފަސް ވަނަ ފަތުރުވެރިޔާއެވެ. އެންމެ ފުރަތަމަ މިއަހަރު މަރުވީ ކ. ދިއްފުށީ ހަނީމޫން ހޭދަ ކުރަމުންދިޔަ ފިލިޕީންސްގެ ޒުވާން ދެމަފިރިއެކެވެ.

މި މަހު 16 ވަނަ ދުވަހު ވެސް، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބިގެން ޓޫރިސްޓަކު ވަނީ މަރުވެފައެވެ. އަދި ހޮނިހުރު ދުވަހު ވެސް އެ ރިސޯޓުގައި ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ވަނީ ވަނީ ފެނިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް