Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 19:57
މިއަދު ފަތްކޮޅު ދެއްވި ދެބޭފުޅުން
މިއަދު ފަތްކޮޅު ދެއްވި ދެބޭފުޅުން
ރައީސް އޮފީސް
ސަފީރުންނަށް ފަތްކޮޅު އެރުވުން
ދެ ސަފީރަކަށް މަގާމުގެ ފަތްކޮޅު ދެއްވައިފި
ދެ ބޭފުޅުންނަށް ފަތްކޮޅު ހަވާލުކުރެއްވީ އާދިއްތަ ދުވަހު

ރާއްޖެއިން ސްރިލަންކާ އަދި ޖަރުމަންވިލާތަށް ކަނޑައެޅި ސަފީރުންނަށް އެބޭފުޅުންގެ މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރާއްޖެއިން ސްރިލަންކާއަށް ކަނޑަ އަޅާފައިވާ ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގް އަދި ޖަރުމަންވިލާތަށް ކަނޑަ އަޅާފައިވާ ސަފީރު ހެންވޭރު ސީވީޑް އަހްމަދު ލަތީފަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާދިއްތަ ދުވަހު މެންދުރުގެ ވަގުތެއްގައި ރައީސް އޮފިހުގައެވެ.

ޖަރުމަނުވިލާތުގެ ސަފީރު ކަމަށް ކަނޑައެޅުއްވި އަހުމަދު ލަތީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ހާރިޖީ ދާއިރާ އާއި ގުޅިވަޑައިގެން، ދިވެހި ހާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި ފަސް އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރައްވާފައި ވަނީ ރައީސް ސޯލިހު، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމެވެ. 
ސްރިލންކާގެ ސަފީރުކަމަށް ކަނޑައެޅުއްވި އުމަރު އަބްދުއްރައްޒާގްއަކީ އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަގާމު އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރިންގެ މަސައްކަތުގެ އިތުރުން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަގާމު އަދާލުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް