Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 17:48
ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުން
ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުން
ޓްވިޓަރ
ހޯމް މިނިސްޓްރީން
ހޯމް މިނިސްޓްރީން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި
މިކަމަކީ މުޅި ދުނިޔޭގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް: އިމްރާން

ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފިއެވެ.

މި ޕްރޮގްރާމް ހޯމް މިނިސްޓްރީގައި އާދިއްތަ ދުވަހު ފައްޓަވައި ދެއްވީ މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ހޯމް މިނިސްްޓްރީން ބުނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމުގެ ހާއްސަ ކެމްޕެއިންގައި އެ މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޕްލާސްޓިކްފުޅީގެ ބަދަލުގައި ހޯމް މިނިސްޓްރީގައި ދެން ބޭނުންކުރާނީ ބިއްލޫރި ފުޅި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިކަމަކީ މުޅި ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅިފައިވާ ކަމެއް ކަމަށާއި އެކަމަކީ މުޅި ގައުމުގެ އިގްތިސާދާ ގުޅިފައިވާ ކަމެއް ކަމަށެވެ. މިއަދު ދުނިޔޭގެ މާހައުލު އެކިގޮތްގޮތުން ތަގައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކަށް ޕްލާސްޓިކްވެގެންދާ ކަމަށާއި ޕްލާސްޓިކުން ރާއްޖެ އާއި މުޅި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހޯމް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންވެސް ހާއްސަ ސަމާލުކަމެއްދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައި ވެއެވެ.

ހޯމް މިނިސްޓްރީން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ރައީސް އޮފީހާއި، ޓޫރިޒަމް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީންވެސް ވަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް