Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 00:28
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް
ފޭސްބުކް
އެކްސިޑެންޓް އިތުރުވުން
މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
އެކްސިޑެންޓްވީ ދެ ސައިކަލެއް ޖެހިގެން
އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި
އެކްސިޑެންޓް ހިންގީ ސެނެހިޔާ ކުރިމަތިން

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ އަޑިޕާކު ސަރަހައްދު މޫން ލައިޓް ހިނގުމުގައި ތާރުއަޅާފައިވާ ސަރަހައްދުގައި ދެކޮޅަށް ދުއްވާފައި ދެ ސައިކަލެއް ޖެހިގެންނެވެ. ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލް ކުރިމަތިން ހޮނިހިރު ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން، ތިން މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށާއި ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ. އެކްސިޑެންޓު ހިނގި ސަރަހައްދު މަގުމައްޗަށް އަނިޔާވި ބައެއް މީހުންގެ ގައިން ވަނީ ލޭ ފައިބާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ބާޒާރުމަތީގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ޒުވާނަކު މަރުވެފައި ވަނިކޮށެވެ. އެކްސިޑެންޓުތަކުގައި މިދިޔަ އަހަރު މަރުވި މީހުން އަދަދު 11 އަށް އަރައެވެ.

މިއަހަރުގެ މިހާތަނަށް ފުލުހުން ތަހުގީގު ކުރަމުންދާ އެކްސިޑެންޓުގެ މައްސަލަތަކާއި ޓެރެފިކް މައްސަލަތަކުގެ އަދަދު 100 އަށް ވުރެ ގިނައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް