Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 23:43
ކަރަންޓު ލިބޭނެ ކަމަށް ވަނީ ގަޑި އިރެއް ހާއިރުތެރޭގައި
ކަރަންޓު ލިބޭނެ ކަމަށް ވަނީ ގަޑި އިރެއް ހާއިރުތެރޭގައި
ހުސެން ފިޔާޒް
ކަރަންޓު ކެނޑުން
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަނަޓް ކެނޑިއްޖެ
ހެންވޭރުގެ އިތުރުން މާފަންނުން ވެސް ވަނީ ކަރަންޓު ކެނޑިފައި

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ކަރަންޓް ކެނޑިފައި ވަނީ ހެންވޭރާއި މާފާނުންގެ އިތުރުން ގަލޮޅުންނެވެ. އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވަނީ މިރޭ 11 ޖެހިފަހުންނެވެ.

ސްޓެލްކޯގެ ސްޕްރިންޑެންޓް  އިންޖިނިއަރ ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ގަޑި އެއްހާ އިރު ތެރޭ ކަރަންޓު އަނބުރާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯގެ ޤާބިލިއްޔަތުކަން އިތުރު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަށް އެ ކުންފުނިން ދާދިފަހުން ވަނީ ބުނެފައެވެ.

މާލެއިން އާންމު ގޮތެއްގައި ކަރަންޓު ކެނޑޭ މަސައްލައަށް އަލިއަޅުއްވާ ލައްވައި ސްޓެލެކޯގެ ނޭޖިންގ ޑައިރެކްޓަރ ހަސަން މުގުނީ "ރާއްޖެޓީވީ"ގައި ވިދާޅުވީ، މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރު އޯވަރހޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު އެހެން ޖަނަރޭޓަރަކަށް ކުޑަ ވެސް މައްސަލައެއް ޖެހިއްޖެ ނަމަ ޚިދުމަތަށް ބުރޫ އަރާ ކަމަށް މުގުނީ ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް