Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 23:51
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް
ރާއްޖެއެމްވީ
ކާނަލް ނާޒިމްގެ މައްސަލަ
ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި
އެދުވަހުގެ ހިންގި ކަންކަން ތަފްސީލީ ގޮތެއްގައި ވަނީ ކިޔައިދީފައި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް އޭނާގެ ފަރާތުން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިފިއެވެ.

ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އޭރުގެ ސަރުކާރުން އޭނާގެ މައްޗަށް ހިންގި ޖަރީމާ ތަހުގީގުކޮށް އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންގެ އިދާރާއިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާތީ އެކަން ސިޓީ އަކުން ފުލުހުންނަށް ހުށަހަޅަފާއިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެދުވަހުގެ ހިންގި ކަންކަން ތަފްސީލީ ގޮތެއްގައި އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައްދަލު ކުރައްވައި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އުންމީދަކީ ފުލުހުންގެ އަބުރުވެރި ނަން ދަމަހައްޓާ ރައްޔިތުންގެ އިތުބާރު ހިފޭ މުއައްސަސާއެއްގެ ގޮތުގައި އެ އިދާރާ ދެމިއޮތުން ކަމަށެވެ.

މީގެ ކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވަނީ އޭނާ ފްރޭމް ކުރުމުގެ ނުބައި ޖަރީމާ ހިންގީ ރައީސް ޔާމީނާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ކަމަށާއި އެ ދެ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައިސްފައިވެއެވެ. ދެހާސްފަނަރަ ވަނަ އަހަރު ނާޒިމްގެ މައްޗަށް މި ހުކުމް ކުރުމާ އެކު، އޭނާގެ ވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަހު މި ހުކުމް ތަންފީޒުކޮށްފައެވެ. ނަމަވެސް މި ސަރުކާރުގައި އެ ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް