Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 22:46
ޕެރަޑައިސް އައިލެންޑް ރިސޯޓު
ޕެރަޑައިސް އައިލެންޑް ރިސޯޓު
ގޫގުލް
ފަތުރުވެރިއަކު މަރުވުން
​​​​​​​ޕެރަޑައިސްގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ 84 އަހަރުގެ ފިރިހެނެއް

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިޔަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ޕެރަޑައިސްއަށް ޗުއްޓީއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 3:15 ހާއިރު ކަމަށެވެ. އުމުރުން 84 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނުނީ މޫދުން ކަމަށާއި، އަދި އެއީ ޗެކްރިޕަބްލިކްގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑު މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

ހޮނިހުރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފަތުރުވެރިއަކު ވެފައިވާއިރު މި މަހު 16 ވަނަ ދުވަހު ވެސް އެ ރިސޯޓުގައި ޓުއަރިސްޓަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން ވަނީ މަރުވެފައެވެ. އަދި ކ. ދިއްފުށީ ގެސްޓްހައުސްއަކަށް ހަނީމޫނަށް ދިޔަ ފިލިޕީންސްގެ ޒުވާން ދެމަފިރިއަކު ވެސް މި މަހުގެ 13 ވަނަ ދުވަހު ވަނީ ގެނބިގެން މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް