Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 15:39
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ައަދީބު
ކުރީގެ ނައިބު ރައީސް އަދީބު އަނބުރާ ޖަލަށް ގެންގޮސްފި
އަދީބު ބަދަލުކޮށްފައި ވަނީ އިންސާނިއްޔަތުކަމާ ހިލާފަށް ޑޮކްޓަރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވައިގެން

ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އެސްއޯ ފުލުހުންގެ އެހީތެރިކަމާ އެކު، ކަރެކްޝަނުން އޭނާ ޖަލަށް ބަދަލު ކުރީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އައިޖީއެމްއެޗް ސަރަހައްދުގައި ބޭއްވި ނޫސްވެރިންނަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަދީބުގެ ޕާޓީ އެމްޓީޑީގެ ނައިބު ރައީސް ޔާމިން ރަޝީދު ވިދާޅުވީ އަދީބު މި ފަހަރު ވެސް ޖަލަށް ބަދަލުކޮށްފައި ވަނީ އިންސާނިއްޔަތާ ހިލާފަށް ޑޮކްޓަރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އޭނާ ވަނީ އަދީބަށް އަނިޔާކުރުން ހުއްޓުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގޮވާލައްވާފައެވެ.

އަދީބު ޖަލަށް ގެންގޮސްފައިވާއިރު އޭނާ ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބަހައްޓާފައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އޭނާ އެޑްމިޓްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށް ފަހު، އޭނާ ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި މަހުގެ 2 ވަނަ ދުވަހު އަދީބު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އެ ފަހަރު ޖަލަށް ގެންދިއުމުން ވެސް އާއިލާގެ ފަރާތުން ބުނެފައި ވަނީ އަދީބު ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށެވެ. އެކަމަށް ބާރު ލިބޭ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބަޔާން ނެރުނެވެ.

އަދީބު ޖަލަށް ބަދަލުކުރި ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށް ބުނެ އެޗްއާރުސީއެމް އިން ބަޔާން ނެރުމުން ހޯމް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ރައްދުގައި ބަޔާނެއް ނެރެފައެވެ. އަދި ކަރެކްޝަނުން ވެސް ބަޔާނެއް ނެރެފައިވާ އިރު އެ ބަޔާނުގައި ބުނެފައި ވަނީއަދީބް ގޭބަންދަށް ބަދަލުކުރި "ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރު"އާ ޚިލާފަށް އަމަލުކޮށްފައި ވާތީ ކަމަށެވެ. އަދި އަނބުރާ އަދީބު ޖަލަށް ގެންގޮސް ބަހައްޓާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ނޫން ވެސް ބައެއް ސިޔާސީ ބޭފުޅުން ބަންދުކޮށްފައި ބެހެއްޓި ފެންވަރު ރަނގަޅު ތަނެއްގައެވެ. 

މި މަހުގެ 2 ވަނަ ދުވަހު އަދީބު އަނބުރާ ޖަލަށް ގެންދިޔަ ނަމަވެސް 5 ވަނަ ދުވަހު ހާލު ދެރަވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ޖެނުއަރީ 2019 | ހޮނިހިރު 20:47
ަާާރަނގަޅު
ކުރީގެ ނައިބު ރައީސް އަދި ޕާޓީގެ ރައީސް، އަޙުމަދު އަދީބަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިރޭ ސައިކަލު ބުރެއް ބާއްވައިފިއެވެ.
19 ޖެނުއަރީ 2019 | ހޮނިހިރު 20:42
ހ މ ޒ
އަދީބު ގެންދަން އުޅެނީ ޑިސްޗާޖް ޑޮކިއުމެންޓްއެއްވެސް ނެތިކަމަށާއި،އަދީބު ދޫކޮށްލިކަން ހޮސްޕިޓަލްގެ ފަރާތުން އާއިލާއަށް އަންގާފައިނުވާކަމަށެވެ.
19 ޖެނުއަރީ 2019 | ހޮނިހިރު 16:52
ބުރުމާސްޕޭސްމޭން
ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތެއްކަމުން އޮންނަން ޖެހޭނީ ޖަލުގަ. ގަލުގަ ތިބޭ އެހެން ފަރާތްތައް ވެސް ބަލިވޭ، ހަމަ ބަލިވާ އިރަށް ގެޔަށް ބަދަލު ކުރަން ޖެހުމުން ދެން ޖަލުގަ އިބި އެންމެން އަބަދު ބަލިވެފަ ތޯ އެއްޗެއް ތިބޭނީ. އެހެން ނޫނަސް ތިޔަ އަދީބެއް ފުރިހަަމަ ބާރާއި ނުފޫޒު އޮތް އިރު އިންސާނިއްޔަތާއި ހިލާފް ކިތަންމެ ޖަރީމާ އެއް ވަނީ ހިންގާފަ. ސާބިތު ނުވުމާއި ވުމަކީ އަދި އެހެން ކަމެއް. އަދީބަކީ ގައުމައް ޣައްދާރު ވެ ގައުމު ދަވާލާފައި ވާ މީހެއް. އެއްގޮތަކަށްވެސް ގެޔަށް ބަދަލުކޮށްގެން ނުވާނެ، ހަމަ ބާއްވަން ޖެހޭނީ ޖަލުގަ. ދޫކޮށްފިޔާ މިގައުމުގަ ދެން އުފެދީނީ ހަތިޔާރު އެޅި ޖަމާއަތެއް. މީހުން މެރުމާއި ޖަރީމާގެ ބޮސް ތިޔައީ. އަހަރެމެން މާ ތާއީދު ކުރާ މީހެއް ނޫން ތިޔަކީ. އަދި ބުނަން ނޫސްތަކުން ވެސް މީނައާއި މީނަ ފަހަތުން އެނބުރޭ ސޯބުތަކުގެ ވާހަކަ ނުގެނެސްދިނިއްޔާ ވަރަށް ރަނގަޅު. ތިޔަ ޔާމިން ރަޝީދަކީ ވެސް ކޮރަކައްޔެއް. މަވަރެއް ނެތިގެން އެ އުޅެނީ. ހުސް ބަތާހަރާމީ އައުވާނުން ތި އުޅެނީ