Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 13:50
ދިވެހި ރާއްޖޭގެ ގައުމީ ޔަނިވާރސީޓީ
ދިވެހި ރާއްޖޭގެ ގައުމީ ޔަނިވާރސީޓީ
މުހައްމަދު ޝަރުހާން
ގައުމީ ޔުނިވާރސީޓީ
ގައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަގުތުން ވަދެވޭ އިވެންޓެއް ކުރިއަށް ގެންދަނީ
އިވެންޓް ބޮޑަށް ޚާއްސަ ކުރެވިފައިވަނީ މިދިޔަ އަހަރު އޯލެވެލް ނިންމި ކުދިންނަށް
ޔުނިވާރސިޓީގެ 8 ފެކަލްޓީއަކުންނާއި 3 ސެންޓަރަކުން ބައިވެރިވާނެ

ވަންސްޓޮޕް އެޑްމިޝަންގެ ނަމުގައި ޚާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ. 

ގައުމީ ޔަނިވާރސީޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާރޗް އެންޑް އިނޮވޭޝަން، އައިޝަތު ޝާހީން ވިދާޅުވީ މި ހަރަކާތަކީ އެ ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް ވަގުތުން ކޯސްތަކަށް ވަދެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. 

ޝާހީން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިވެންޓަކީ މިއަހަރު ޔުނިވާރސީޓީގައި ހުރި ކޯސްތަކަށް ދަރިވަރުން ކުރިމަތި ލުމަށާއި އަދި ހުރި ފުރުސަތުތަށް ދަރިވަރުންނަށް އަންގައިދީ ޖާގަ ހުރި ކޯސްތަކުން ދަރިވަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ބާއްވާ އިވެންޓެއް ކަމަށެވެ.

މި އިވެންޓް ބޮޑަށް ޚާއްސަ ކުރެވިފައިވަނީ މިދިޔަ އަހަރު އޯލެވެލް ނިންމި ކުދިންނަށް ކަމަށާއި އަދި ޖުމްލަކޮށް އެ ޔުނިވާރސިޓީއަށް ވަންނަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ކަމަށް ޝާހީން ވިދާޅުވިއެވެ. 

ޝާހީން ވިދާޅުވީ ގްރޭޑް 10 ނިންމާލާއިރު ކުރިއަށްދާންވީ ކޮން ރޮނގަކުންކަން ނޭނގޭ އެތައް ކުދިންނެއް ތިބޭކަމަށާއި ހޮނިހިރު ދުވަހު ބާއްވާ އިވެންޓަށް ޒިޔާރަތްކުރާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާކުދިންނަށް ވަގުތުން ކޯސްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ޝާހީން ވިދާޅުވީ އިވެންޓްގައި އެ ޔުނިވާރސިޓީގެ 8 ފެކަލްޓީއަކުންނާއި 3 ސެންޓަރަކުން ބައިވެރިވާއިރު ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވާނީ އެ ސެންޓަރުތަކާއި ފެކަލްޓީތަކުގެ ފަންނީ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑުމެން މިކަހަލަ އިވެންޓެއް ބާއްވާނަން މިއަންނަ ހަފްތާގައިވެސް. އެއީ އޭލެވެލްގެ ނަތީޖާތަށްވެސް ކުދިންނަށް ލިބޭނެ. މިއަދުގެ އިވެންޓް މާލޭގައި އޮތަސް އަޅުގަނޑުމެންގެ 4 ކެމްޕަހެއް އެބަހުރި ކުޅުދުއްފުށި، ގަން، ތިނަދޫ، އަދި ހިތަދޫގައި. އެހެންކަމުން ކުރިއަށް އޮތް މުސްތަގުބަލްގައި މިފަދަ އިވެންޓްތަށް އެތަންތަނުގައި ބޭއްވިގެން ދާނެ" އައިޝަތު ޝާހީން ވިދާޅުވިއެވެ.

މިއަދުގެ އިވެންޓް ކުރިއަށް ދާނީ މިއަދު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8ން 10ށް ގައުމީ ޔުނިވާރސިޓީގައެވެ.

އިވެންޓަށް ޒިޔާރަތް ކުރާ ފަރާތްތަކުން އޯލެވެލްގެ ނަތީޖާ ސްލިޕާއި އައިޑީކާޑްގެ ކޮޕީ ގެނައުމަށް ޔުނިވަސިޓީން ވަނީ އެދިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް