Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 12:04
ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން
ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން
ޓްވިޓަރ
އަދާލަތު ޕާޓީ
ކޯލިޝަން ދަމަހައްޓާ، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭ: އަދާލަތު
ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައި

ކޯލިޝަން ދަމަހައްޓައި، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ ފިޔަވައި އެހެން ފަރާތްތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށް، ހޮނިހިރު ދުވަހު އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ، ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބުކުރުމަކީ ޕާޓީގެ މުހިންމު އަމާޒެއް ކަމަށެވެ. މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓީގެ އަބަދުވެސް ވިސްނުން ކަމަށް އެ ޕާޓީގެ ޓުވީޓްގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދަނިކޮށް ހުކުރު ދުވަހުގެރެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހަށް ވާދަނުކުރެއްވޭ ގޮތް ހެދުމަށް ޖޭޕީގެ މެންބަރު ޢަބްދުލް ލަތީފު މުޙައްމަދު ހުށައެޅުއްވި ބިލާބެހޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާސިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕް ރޫޅާލަފާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އަދި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް މިހާރު ވެސް އެބަ އޮތްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ފަހަކަށް އައިސް ގާސިމް ގެންދަވަނީ ކުރީގެ ރައީސް ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުންނެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ގާސިމް ގެންދަވަނީ ރައްދުދެއްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް