ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 18:55
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ގޫގުލް
މަސައްކަތްތެރިން
ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
ފަތުރުވެރިކަމުގެ ދާއިރާގައި 40،000 މީހުން ވަޒީފާ އަދާކުރަމުންދޭ
ރާއްޖޭގައި ޖުމްލަ 132 ރިސޯޓް ހިންގަމުންދޭ
ސީޒަންގައި އެވްރެޖްކޮށް ސާރވިސްޗާޖްގެ ގޮތުގައި 1000 ޑޮލަރު ލިބޭ ރިޒޯޓްތައް އެބަހުރި

ފަތުރު ވެރިކަމުގެ ދާއިރާއަށް 46 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު މި ދާއިރާގައި 40,000 މީހުން ވަޒީފާ އަދާކުރަމުން ދެއެވެ. އޭގެ ތެރެއިން ގާތްގަޑަކަށް 18,000 މީހުންނަކީ ދިވެހިންނެވެ. މި ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ ނާރެސްގެ ގޮތުގައި ވެގެން ގޮސްފައިވާއިރު މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގުތައް ހޯދުމުގައި ހީނުކުރާ ވަރުގެ ގޮންޖެހުންތަކާ މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ. ތަފާތު ސަބަބުތަކާ ހުރެއެވެ. އެއްކަމެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖެ އައިއެލްއޯ (އިންޓަރނޭޝަނަލް ލޭބަރ އޯގަނައި ޒޭޝަން)ގައި ބައިވެރިވެ މިވީ ނުވަ އަހަރުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ވުޖޫދުވެފައި ނެތުން ފާހަގަކޮށްލަން ޖެހެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގަނޫނު 2011 ވަނައަހަރު ޑްރާފްޓްކުރި ފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވެއެވެ. އެންމެ ފަހުން މި ބިލް ހުށައަޅާފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޓްއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ފަހަރަކު ބިލް މަޖިލީހުން ބޭރުކޮށްލާ ސަބަބަކީ ބައެއް ރިސޯޓްތަކުގެ އޯނަރުންނާއި ސިޔާސީ ބައެއް ވެރިން ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ހޯދައިދީ އެފަރާތްތައް ބާރުވެރި ކުރުވަން ބޭނުން ނުވުމެވެ.

ރާއްޖޭގައި މިހާރު ހިންގަމުންދާ ޖުމްލަ 132 ރިސޯޓެއް އޮތް އިރު މި ތަންތަނުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތަކީ އެންމެ 40 ޕަސެންޓެވެ. 18 ވަރަކަށް ރިސޯޓްގައި ޖެނެރަލް މެނޭޖަރުންގެ މަގާމްގައި ދިވެހިން ތިބިއިރު ބާކީ ރިސޯޓްތަކުގައި މެނޭޖަރ ލެވެލްގައި ތިބީ ބޭރު މީހުން ކަމަށް ވާއިރު ރާއްޖޭގެ އިގްތިސާދުން އަހަރެއްގެ މައްޗަށް އެތައް ފައިސާއެއް ބޭރުވެގެން ދެއެވެ. އަނެއްކޮޅުން ގިނަ ރިސޯޓްތަކުގައި ގާނޫނުގައި ބުނާ ނިސްބަތުން ދިވެހިން ވަޒީފާތަކުގައި ނުގެންގުޅޭކަން ފާހަގަކުރެވެއެވެ.

"ޓޫރިސްޓް ސީޒަންގައި އެވްރެޖްކޮށް ސާރވިސްޗާޖްގެ ގޮތުގައި 1000 ޑޮލަރު ލިބޭ ރިޒޯޓްތަކުގައި ދިވެހިން ތިބެނީ މަސައްކަތްކުރާ ހިތުން . އެކަމަކު މިތަންތަނުގައިވެސް މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީ މުވައްޒަފުން. ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އެ ރިޒޯޓްތަކުގެ އެއްވެސް ވަޒީފާއަކަށް ދިވެއްސަކު ނުލިބި ނުހުންނާނެކަން،" ޓީމް ޖަމުއިއްޔާގެ ޖެނެރަލް ސެކެޓްރީ މައުރޫފް ޒާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މިނިމަމްވޭޖެއް ނެތުމަކީ ވެސް މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. އަދި  ގާނޫގައި ކަނޑައަޅާފައިވާ މިންވަރަށް ސާރވިސްޗާޖް ނުބެހުމާއި ބައެއް ރިސޯޓްތަކުގައި އެއްގޮތަކަށް ވެސް ސާވިސް ޗާޖް ނުދިނުމާއި މަހުން މަހަށް ސާވިސް ޗާޖް ނުދިނުމާއި އެ ނޫން ވެސް މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް އިންސާފު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅައި އަދުލު އިންސާފު ނުލިބި މައްސަލަތަށް ދިގުލައިގެން ދިއުމަކީ ވެސް އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކެވެ.

"މިހުރިހާ ވާހަކައެއް ދައްކަމުންދާއިރު ދެރަވާންޖެހޭ އެއްކަމަކީ މި އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަކީ ވަރިހަމަ ބޮޑުކޮށްލައިގެން ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން 10، 12 ގަޑިއިރު ވަޒީފަ އަދާކޮށްފައި، އައިސް ފުޓްބޯޅަ މެޗެއް ބަލާލާފައި އަންހެނުންނަށް ފޯނުކޮށްލާފައި ދެން ނިދާނީ. ސޯޝަލައިޒް ވުމެއް ދުނިޔޭގައި ހިނގާ ކަންކަމާ މެދު ނަޒަރު ހިންގުން މީ ވަރަށް މަދު މީހުން ގައިން ނޫނީ ނުފެންނަ ކަންކަން. ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިއްމާ ވެސް ނަގަންޖެހޭ،" މައުރޫފް ޒާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޓްއަރިޒަމާ ބެހޭ ގާނޫނުގައި ސަރވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ 99 އިންސައްތަ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމް ކޮށްފައި ވެއެވެ. ނަމަވެސް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓްތަކުގެ ތެރެއިން ރިސޯޓެއްގައި ސްޕޮވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އާދަމް ޝިރުހާން ބުނެފައި ވަނީ އެނާ މަސައްކަތް ކުރާ ރިސޯޓުން ވެސް ގާނޫނުގައި ބުނެފައިވާ މިންވަރަށް ސަރވިސް ޗާޖް ނުދޭ ކަމަށާއި ސާވިސް ޗާޖްގެ ގޮތުގައި ދެނީ އޭ ގެތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. 

ޗުއްޓީ ދިނުމާއި އޮފް ދުވަސް ދިނުމުގައި ވެސް ބޭރު މީހުުންނާ ދިވެހިންނާ ދެމެދު ތާފާތު ކުރާ ކަމަށާއި މަތީ ފެންވަރުގެ މަގާމްތައް ގާބިލް ނޫން މީހުންނަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ވެސް ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެ މީހަކަށް ލިބެންޖެހޭ ހައްގުތަށް ހޯދުމަށް އެމީހަކު އަމިއްލައަށް ވެސް ބުރަ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ.

ފަރުދީ ޒިންމާގެ އިތުރުން ސަރުކާރާއި އަދި ރިސޯޓްތައް ހިންގާ ފަރާތްތަކުން ވެސް ބިދޭސީ މަސައްކަތްތެރިންނެކޭ އެގޮތަށް ދިވެހި މަސައްކަތު މީހާ އަށް ވެސް މުސާރަޔާއި އެލެވަންސާއި އަދި އެހެނިހެން ކަންކަމުގައި ވެސް ހަމަހަމަ ފުރުސަތު ދިނުމަށް މަސައްކަތްތަކެއް ކުރަން ޖެެހެއެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ވާހަކަ އެކަނި ދެއްކިޔަސް ކަމަކު ނުދާނެއެވެ. އެކަމުގައި އަމަލީ ގޮތުން ވެސް ފިޔަވަޅުތަކެއް އަޅަންޖެހެއވެެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 09:20
Resort boys
10/12 gadi iru tho mashahkai kuran jeheny
20 ޖެނުއަރީ 2019 | އާދީއްތަ 18:35
ބޯއީ
އަހަރުމެން ރިސޯޓް ބޯއީންނާ އަޅާލާނެ މީހަކު އަދި ވެރިޔަކައް ނާދޭ. އޮފްވެސް ލިބެނީ ތަން ބިޒީ ނޫނިއްޔާ. ގާނޫނު އޮންނަ ތަނެއްގަ އޮންނަނީ.