Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 10:42
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޒުވާނަކަށް
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޒުވާނަކަށް
މުހައްމަދު ޝަރުހާން
ަމަގުމަތީ އެކްސިޑެންޓް
މަސްމާރުކޭޓް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް

ހޮނިހިރު ދުވަހު ހެދުނު 7.05 ހާއިރު މަސްމާރުކޭޓް ސަރަހައްދުގައި އެކްސިޑެންޓެއް ހިގައިފިއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް، ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އޮތް އިރު ވިންދު ނުޖަހާ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ބެއްލެވި ޑޮކްޓަރުން އޭނާގެ ވިންދު ހުރި ކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، ކުއްޖާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް