Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 09:42
ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންނައެކު، ރައީސް ސޯލިހް އައި ނާއިބު ރައީސް ފައިސަލް
ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންނައެކު، ރައީސް ސޯލިހް އައި ނާއިބު ރައީސް ފައިސަލް
ރާއްޖެއެމްވީ
ރައީސް މައުމޫނު
ކޯލިޝަން ރޫޅުނަ ނުދިނުމަށް މައުމޫން ގޮވާލައްވައިފި
ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ގޮވާލެއްވި

މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނަ ނުދީ ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ ފިޔަވައި އެހެން ފަރާތްތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށް، ހޮނިހިރު ދުވަހު ހެނދުނު މައުމޫން ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ ކޯލިޝަން ރޫޅުނަ ނުދީ ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަަމަށާއި މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަރު ޕާޓީ ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ.

ކޯލީޝަން އުފެއްދީ އިންސާފްވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުއްމީދުތައް ހާޞިލުކޮށް ދިނުމަށް ކަަމަށާއި އެހެންކަމުން ހުރިހާ ޕާޓީތަކަކުންވެސް ޕާޓީ މަސްލަހަތަށްވުރެން ގައުމީ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށް މައުމޫން އިލްތިމާސްކުރެއްވެވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭގަ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހަށް ވާދަނުކުރެއްވޭ ގޮތް ހެދުމަށް ޖޭޕީގެ މެންބަރު ޢަބްދުލް ލަތީފު މުޙައްމަދު ހުށައެޅުއްވި ބިލާބެހޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާސިމް ކުރައްވާފައިވާ ޓްއީޓެއްގައި ވިދާޅުވެފައި ވަނީ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕް އެމްޑީޕީން ރޫޅާލަފާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އަދި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް މިހާރު ވެސް އެބަ އޮތްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ފަހަކަށް އައިސް ގާސިމް ގެންދަވަނީ ކުރީގެ ރައީސް ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް