Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 03:05
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ކުރީގެ މެމްބަރު އީސަ:-ކުރީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ޓިކެޓް ހޯދާފައި
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ކުރީގެ މެމްބަރު އީސަ:-ކުރީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ޓިކެޓް ހޯދާފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
ގިނަ މެމްބަރުން ވާދަ ކުރެއްވީ މީގެ ކުރިން ތަމްސީލް ކުރެއްވި ދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ ޕާޓީގެ ޓިކެޓް ކަށަވަރު ކުރައްވައިފި އެވެ.

ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައި އެވެ. ނާޝިޒް ކިނބިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ދެ ކެންޑިޑޭޓަކާ ވާދަ ކުރައްވައިގެންނެވެ. ނާޝިޒު މި އިންތިހާބުގައި ވާދަ ކުރެއްވީ މުހައްމަދު އައިމަން އާއި ހުސެއިން ޝަރީފު އެވެ. އެ ދެ މީހުންނަކީ ވެސް ކިނބިދޫ އަށް ނިސްބަތްވާ ދެ މީހުންނެވެ.  

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސަ ވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން އަނެއްކާވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައި އެވެ. އޭނާ ވާދަ ކުރެއްވީ ކެނދިކުޅުދޫ އަށް ނިސްބަތްވާ އިތުރު ދެ ކެންޑިޑޭޓާކާ ވާދަ ކުރައްވައިގެންނެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި އެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓް 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވާފައި އެވެ.  

ހުޅުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިލްޔާސް:-

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ވެސް ވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރައްވާފައި އެވެ. ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އިލްޔާސް ހުޅުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ 2009 ން 2014 އަށެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން އޭނާއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިވަޑައިގަތެވެ.  

ރައްޔިތުންގެ މަޖިލީހުގައި 20 އަހަރު ހޭދަ ކުރައްވާފައިވާ ހަސަން އަފީފު ވަނީ ވިލިފުށި ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވާފައި އެވެ. އަފީފު މި އިންތިހާބުގައި ތިން ކެންޑިޑޭޓަކާ ވާދަ ކުރެއްވި އެވެ.   

މީގެ އިތުރުން ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުގެ ސަބަބުން މިލަންދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ މީގެ ކުރިން ވެސް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ރިޒާ ކަށަވަރު ކުރައްވާފައިވެ އެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި އެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓް 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވާފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވެސް ވަނީ އެ ދާއިރާއަށް އެމްޑީޕީ ޓިކެޓް ހޯދުމަށް ވާދަ ކުރައްވައި ކާމިޔާބު ކުރައްވާފައި އެވެ. އޭނާ ވެސް ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ވާދަ ކުރައްވާފައިއެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު މި ފަހަރުގެ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ވަނީ ޓިކެޓް ހޯދައްވާފައި އެވެ. އޭނާ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވީ 2009 ން 2014 އަށެވެ. އަދި އޭގެ ފަހުން އައި މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާފައިނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް