Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 14:41
ޓިކެޓް ކަށަވަރު ކުރެއްވި ހަތް މެމްބަރުން
ޓިކެޓް ކަށަވަރު ކުރެއްވި ހަތް މެމްބަރުން
ރާއްޖެ އެމްވީ
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
އައްޑޫ އާއި މާލޭގެ ގިނަ މެމްބަރުން ޓިކެޓް ކަށަވަރު ކުރެއްވި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވައިގެން މިހާރުގެ މަޖިލިސް އަށް މެމްބަރަކު ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ. 

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި މާލޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ ޓިކެޓް ކަށަވަރު ކުރައްވާފައި އެވެ. އެ ގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޓިކެޓް ކަށަވަރު ކުރައްވާފައި އެވެ. އެ ބޭފުޅުން އެންމެ ފަހުން އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ވެސް އެމްޑީޕީގެ ޓިކެޓްގައި އެވެ.  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވެސް ވަނީ ހަނީމާދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އޭނާއާ އެ ދާއިރާގައި ޕްރައިމަރީގައި ވާދަ ކުރެއްވީ އަހްމަދު އާސިފެވެ. ތިމަރަފުށި ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ އެމްޑީޕީ ޓިކެޓް ދިފާއު ކުރައްވާފައެވެ. ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ޓިކެޓް މުސްތަފާ ކަށަވަރު ކުރެއްވީ އޭނާއާ ވާދަ ކުރެއްވި އަންވަރު އިބްރާހިމްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.    

އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ތެރެއިން މިހާރު ވެސް މަރަދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް ޝަރީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާފައި އެވެ

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު(ބިގޭ) އަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ވަނީ ކަށަވަރުވެފައި އެވެ. އެއީ އިތުރު ކެންޑިޑޭޓަކު އެ ދާއިރާތަކަށް ކުރިމަތިލައްވާފައިނުވާތީއެވެ.

މީގެ އިތުރުން މުލަކު ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ނަސީރު ވެސް ވަނީ ގޮނޑި ދިފާއުކުރުމުގެ ފުރުސަތު ހޯއްދަވާފައެވެ. އޭނާ ކުރި ހޯއްދެވީ ޝިފާން ޖަމްޝީދު އަދި އިބްރާހިމް ލަތީފްއާ ވާދަކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް