މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެ ދެމަފިރިކަނބަލުންނަށް ގެއްލުނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންނެވެ.
މީގެ ކުރިން ވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އަބްދުﷲ ޖާބިރު މި ފަހަރު ވެސް ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ ޓިކެޓް ހޯދެއްވުމަށް އެ ދާއިރާގެ ޕްރައިމަރީގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވާދަ ކުރެއްވީ ގއ. ވިލިނގިލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައެވެ. ނަމަވެސް ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވި އެ އިންތިހާބުގައި ދިޔާނާއަށް ލިބިވައިގެންނެވީ މަދު ވޯޓެކެވެ.
ދިޔާނާއަކީ މީގެ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެވެ. އަދި އޭނާ ވަނީ ސާކްގެ ސެކްރެޓަރީ ޖެނަރަލްގައި ކުރައްވާފައެވެ. ޖާބިރު ވަނީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާފައިއެވެ. ނަމަވެސް އެ ފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.