Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 20:55
ވޯޓްފޮށި ގުނަން ފަށައިފި
ވޯޓްފޮށި ގުނަން ފަށައިފި
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2019
ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
ޕްރައިމަރީގެ ވޯޓުލާ ގަޑި ހުކުރު ދުވަހުގެ ރޭގަނޑު 9:30 އަށް ވަނީ އިތުރު ކޮށްފައި

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ވޯޓުފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފިއެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ވޯޓުފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށާފައި ވާއިރު މި ފަހަރުގެ އެމްޑީޕީ ޕްރައިމަރީއަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕްރައިމަރީއެއްގައި މީހުން ވޯޓްލާ ފަހަރެވެ.  

އެމްޑީޕީ އޮފީހުން ކޮށްފައިވާ ޓުއީޓެއްގައި ބުނެފައި ވަނީ ޕްރައިމަރީގެ ވޯޓުލާގަޑި ހުކުރު ދުވަހުގެ ރޭގަނޑު 9:30 އިތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާނެ މީހުން ކިއުގައި ނެތް ނަމަ އެދާއިރާއެއްގެ ވޯޓުފޮށި 8:30 ގައި ބަންދު ކުރާނެ ކަމަށް ވެސް ޓްވީޓްގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް