Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 16:07
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
ދިވެހިރާއްޖެ-ޖަޕާން
އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރާނެ
އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތް ކުރާނެ

އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްގެ އަރިހަށް ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާ އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް ކަމަށާއި، ރާއްޖޭން ވެސް މި ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް އެކަށައަޅަމުން ދާ ކަމަށެވެ.

ރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް ކަމުން، އިޖުތިމާޢީ ޚިދުމަތްތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކަމަށް ރިޢާޔަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓް އިތުރަށް ފުޅާވެފައި ވާތީ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަން މިނިސްޓަރު ޝިދާތާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖަޕާނުގެ ސަފީރު ވިދާޅުވީ އަންހެނުންގެ ހައްޤުތައް ކަށަވަރުކުރުމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

މި ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. އަދި ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް