Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 15:10
ޕްރައިމަރީގައި ވޯޓް ލުމަށްޓަކައި ބަޔަކު ކިއުގައި
ޕްރައިމަރީގައި ވޯޓް ލުމަށްޓަކައި ބަޔަކު ކިއުގައި
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑިޕީ ޕްރައިމަރީ
އެމްޑީޕީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ހުކުރު ދުވަހުގެ 2:30 ގައި ފަށާފައިވާއިރު ވޯޓުލުން ނިއްމުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގަ
މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕާޓީ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުކުރު ދުވަހުގެ 2:30 ގައި ފަށާފައިވާއިރު ވޯޓުލުން ނިއްމުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. މި އިންތިޚާބުގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިހާރު މި ގައުމުތަކުގައި ވެސް ވޯޓްލުން ފަށައިގެން ކުރިއަށްދެއެވެ. މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެން ފަހަރުތަކާއި ޚިލާފަށް މި ފަހަރުގެ ޕްރައިމަރީގައި  އޮފިޝަލުންގެ ގޮތުގައި  މިނިސްޓަރުންނާއި، ނައިބުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް