Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 12:29
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
މުހައްމަދު ޝަރުހާން
ކޮރަޕްޝަން ހުއްޓުވުން
ކޮރަޕްޝަންގެ ޝައްކެއް ވެސް ކުރެވޭނަމަ ހުށަހަޅާ:މާރިޔާ
ކޮރަޕްޝަން ނައްތާލުމަކީ މި ސަރުކާުގެ ވަރަށް ބޮޑު އަމާޒެއް

ޑިފެންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަންގެ ކުޑަ ނަމަވެސް އަމަލެއް ހިނގާނަމަ ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް ޝައްކެއް ކުރެވޭކަމުގައިވާނަމަ އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންނަށް އަދި ތަހްގީގީ އެހެން އިދާރާތަކަށް ރިޕޯޓްކޮށް ހަގީގަތް ބެލުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަން އިންތިހާއަށް ގޮސް، ވެރިންނަށް ނުހައްގު ތަނަވަސްކަން ލިބިގެން ދިޔަ ކަމަށް ތުހްމަތުކުރެވޭއިރު، ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނެއް އުފައްދައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޖެނުއަރީ 2019 | ހުކުރު 08:50
ކޮރަޕްޝަން
މާރީއަށް ތިޔަ ލިބުނީ އެންމެ ތިކަހަލަ ކަމެއް ނުހިނގާ ތަން. ޑިފެންސްގެ މިދިޔަ އޯޑީޓް ރިޕޯޓަކީވެސް 'އޭ' ރިޕޯޓެއް. ވީމާ ކަމަނާއަށް ތިޔަހެން ޓުވީޓް ކުރެވިދާނެ.. ނިކަން ހައުސިންގ ކަހަލަ ތަނަކުން މީގެ ޓުވީޓެއް ކޮށް ބަލަ