Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 13:21
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
މިހާރު
ސިވިލްކޯޓުގެ ހުކުމް
ފައިރޫޝް، އެނބުރި ފުލުހުންގެ ވަޒީފާ އަށް!
ފައިރޫޝަށް ވަޒީފާދޭން ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 13 ގައި
ވަޒީފާ އަލުން ހަމަޖެއްސުމާ ހަމައަށް ވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހުކުމުގައިވޭ

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އަށް އަލުން ނުކުންނަވަން ފައްޓަވައިފިއެވެ.

ފައިރޫޝް މަގާމުން ވަކި ކޮށްފައި ވަނީ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.  

ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު 13 ގައި ހުކުމް ކޮށްފައި ވާއިރު އެ ހުކުމްގައި ވަނީ އެންމެ ފަހުން އޭނާ ހުރި ރޭންކުގެ ވަޒީފާއެއް ހަމަޖެއްސުމަށެވެ.

ވަޒީފާ އިން ވަކިކުރިއިރު އޭނާ ހުންނެވީ ޕީއެޗްޑީއަށް ކިޔާވާ ވިދާޅުވުމަށް އޮސްޓްރޭލިޔާގައެވެ

ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑް ވަގުތީ ގޮތުން ހިންގުން އާދިއްތަ ދުވަހު ފައިރޫޝްއާ ހަވާލުކޮށްފައި ވާއިރު އޭނާގެ ޒިންމާއަކީ ރަށްރަށުގައި ހުންނަ ހުރިހާ ޕޮލިސް ސްޓޭޝަންތައް ބެލެހެއްޓެވުމެވެ.

މީގެ އިތުރުން ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް ވެސް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އޭނާ އަށް ވެސް ކުރިން ހުރި ރޭންކުގެ ވަޒީފާއެއް ދިނުމަށް ހުކުމުގައި ވެއެވެ.

މި ދެ ބޭފުޅުންނަށް ވެސް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ސިވިލްކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. އަދި މިހާރު އެކްޓިން ކޮމިޝަނަރގެ މަގާމުގައި ހުންނެވީ މުހައްމަދު ހަމީދު (އެމްސީ) އަކީ ވެސް ކޯޓު އަމުރުގެ ދަށުން ވަޒީފާ އަލުން ދެއްވި ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް