Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 12:00
އިލްކެޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް
އިލްކެޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ބޭނުންވާ ބަޖެޓް ނުލިބިއްޖެނަމަ އިންތިޚާބަށް ހުރަސް އެޅިދާނެ: އީސީ
މަޖިލިސް އިންތިޚާބު ބާއްވަނީ އެޕްރީލް 6 ގައި
މިފަހަރުގެ އިންތިޚާބުގައި 87 ދާއިރާއަށް މެމްބަރުން ހޮވާނެ

އަންނަ އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އިތުރު 9.2 މިލިއަން ނުލިބޭ ކަމަށާއި އެފައިސާ ހަމަނުޖެހިއްޖެ ނަމަ އިންތިހާބަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހާއި އެކަމިޝަނާއި ދެމެދު ބަޖެޓާއި ބެހޭ ގޮތުން މީގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި 9.2 މިލިއަން ރުފިޔާ އިތުރުކޮށްދޭން އެދިފައިވާނެކަމަށެވެ. އަދި ފިނޭންސާއި މަޖިލީހުން އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އިންތިޚާބަށް ޚަރަދު ކުރަން ފެށުމަށްފަހު އެ ފައިސާ ދިނުމަށް ފިނޭންސްއަށް އެދުމުން އެފައިސާއަށް ރެކޮމެންޑް ކޮށްފައިނުވާ ކަމަށް  އެ މިނިސްޓްރީއިން ބުނެފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ ފައިސާ ނުލިބިއްޖެކަމަށްވާނަމަ އިންތިޚާބަށް ހުރަސް އެޅިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

"ވީގޮތަކީ ބަޖެޓް ފާސްކޮށްފައި އޮތީ އަޅުގަނޑަނޑުމެން އެދުނީ 123 މިލިއަންގެ ބަޖެޓެއް.، އެކަމަކު ފާސްކުރީ80 މިލިއަން ރުފިޔާއަށް. އެއަދަދު މަދުވާނެތީ އަޅުގަނޑުމެން ވާނީ ފިނޭންސާއި  ރައްޔިތުންގެ މަޖިލީހާވެސް މަޝްވަރާކޮށް 9.2 މިލިއަން އިތުރު ކޮށްދިނުމަށް އެދިފައި. މަޖިލީހުން ވެސް ވަނީ އެކަން ހަމަޖެހޭނެ ކަމަށް ބުނެފައި. ބަޖެޓް މަދުވެގެން 9.2 އިތުރު ކުރި ކަމަށް މަޖިލީހުން ބުނޭ. ފިނޭންސްއިން ބުނަނީ މަޖިލީހުން ރިކޮމެންޑޭޝަނެއް ފޮނުވާފައި ނުވާކަމަށް." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި މަޖިލީހުގެ ތެރެއިން އެކަންތައްތައް ކޮށްދޭނެކަމުގެ ޔަގީންކަން ގާސިމް ދެއްވާފައިވާކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 123 މިލިއަން ރުފިޔާއަށް ހަމަޖެއްސި ނަމަވެސް އެއަދު ކުރީ ސަރުކާރުން ފާސްކޮށްފައިވަނީ 80 މިލިއަން ރުފިޔާއަށް ކުޑަކޮށްގެންނެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެން ނަމަވެސް ދެން އޮންނަ ރައްޔިތުންގެ އިންތިޚާބެއްގައި 87 މެމްބަރުން ހޮވާނެ އެވެ. އިތުރު ކުރި ދެ ދާއިރާއަކީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް އިތުރު ކުރި ދާއިރާތަކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް