Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 06:40
ޖުމެއިރާ ވިއްޓަވެލި ރިސޯޓް
ޖުމެއިރާ ވިއްޓަވެލި ރިސޯޓް
ޓްވިޓަރ
ކުއްލި މަރު
ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
މަރުވީ އެރިސޯޓްގެ ކިޑްސް ކްލަބްގެ ފަޔާ ޑާންސާ

ޖުމެއިރާ ވިއްޓަވެލި ރިސޯޓްގައި ވަޒީފާ އަދާކުރާ ފިލިޕީންސްގެ މުވައްޒަފެއް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ އެރިސޯޓްގެ ކިޑްސް ކްލަބްގެ ފަޔާ ޑާންސަރެވެ. ޕިލިޕީންސްގެ މި ފިރިހެން މީހާ ބުދަ ދުވަހު ޝޯވ ހުށަހަޅައިިދީ ނިންމާލާފައި ދަނިކޮށް ކުއްލިއަކަށް މަރުވެގެން ވެއްޓުނީ ކަމަށް ވެސް މައުލޫމާތު ލިބިއެވެ.

ޖުމެއިރާ ވިއްޓަވެލީގެ ފަޔާ ޑާންސާގެ މަރާއި ގުޅިގެން ފުލުހުން ބުނީ ޕިލިޕީންސްއަށް ނިސްބަތްވާ މީހަކު އޭޑީކޭ ހޮސްޕިޓަކަށް ބުދަ ދުވަހުގެ ރޭ 19:30 ހާއިރު ގެންގޮސްފައިވާ ކަމަށާއި އަދި ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭޑީކޭއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކުއްލި މަރު ގިނަ ވެފައިވާއިރު، ހަ ދުވަސްތެރޭގައި މަރުވި ދިހަ މީހުންގެ ތެރެއިން އަށް މީހުންނަކީ ބޭރުމީހުންނެވެ.

ބުދަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޓުއަރިސްޓަކު މޫދަށް އެރި އުޅެނިކޮން ގެނބިގެން ވަނީ މަރުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް