Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 23:59
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ކަރަންޓް ބިލް ބޮޑުވުން
ސޯލާ ޕެނަލުން ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ: ނަޝީދު
ސޯލާ ޕެނަލުން އުފައްދާ ކަރަންޓް ވިއްކޭނެ ނިޒާމެއް ގާއިމް ކުރާނަން

އޭޕްރީލް ހައެއްގައި އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ސޯލާ ޕެނަލުން އުފައްދާ ކަރަންޓް އިންޖީނުގެތެކަށް ވިއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އާދަމް އަލީ، ހަސަން އިއާދު ސަލީމް، ހުސައިން ޝަރީފް އަދި އަލީ ރިޟާގެ ކެމްޕެއިން ހަފުލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަމިއްލަ ގޭގެ ފުރާޅުމަތީގައި ބާއްވާފައި އޮންނަ ސޯލާޕެނަލުން އުފައްދާ ކަރަންޓް އިންޖީނުގެތަކަށް ވިއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.

"ނަޝީދު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުން ފަސް ރުފިޔާއަށް އުފައްދާ ކަރަންޓް ޔުނިޓް 2:50 އަށް އުފެއްދޭ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނަޝީދު ވިދާޅުވީ މާލޭގެ ކަރަންޓް ބިލު އެތައްއެތައް ގުނައަކަށް ބޮޑުވެފައިވާއިރު އެކަންކަމަށް މަޖިލީހުން ގޮތްތަކެއް ނިންމަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ހިތްހަމަޖެހިލައިގެން އުޅެވޭނެ ނިޒާމްތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް