Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 00:04
ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފްލެޓެއް
ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފްލެޓެއް
ރާއްޖެއެމްވީ
ހުޅުމާލެ ފްލެޓް
ހުޅުމާލޭގައި ތަރައްގީ ކުރާ ފްލެޓްތައް ވިއްކޭނީ ވަކި ވަރަކަށް އިމާރާތް ކުރުމުން: އެޗްޑީސީ
ޔުނިޓުތައް ވިއްކޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން

އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ ހައުސިން ޔުނިޓްތައް ވިއްކޭނީ އެ އިމާރަތެއް ވަކި ވަރަކަށް ތަރައްގީކޮށް ނިމުމުން ކަމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގާރަ ދުވަހު ބުނެފިއެވެ.

އެޗްޑީސީންގެ ފަރާތުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެއްމެދު އިމާރާތް ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ޑިވެލޮޕްމެންޓް އެންޑް ސޭލްސް ރައިޓްސްގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވަކި މިންވަރެއް އިމާރާތްކޮށް ނިމުމުން އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށެވެ.

ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށް ވުރެން އިތުރަށް ނެގުމަކީ އެއްބަސްވުމާ ހިލާފް ކަމެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ހައުސިން ޔުނިޓްތައް ގަންނަ ފަރާތްތަކުން އެ ފަރާތްތަކާ އެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން ސޭލްސް އެޕްރޫވަލް ދީފައިވާ ކަމުގެ ލިޔުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓަށް އެ ކޯޕަރޭޝްނުން ހުއްދަ ދީފައިވޭތޯ ޔަގީން ކުރުމަކީ ހައުސިން ޔުނިޓް ގަންނަ ފަރާތުގެ ޒިންމާއެއް ކަމުގައި އިއުލާނުގައި އިތުރަށް ބުނެފައިވެއެވެ.

އިއުލާނާ ގުޅޭ އިތުރު ކަމެއް ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ނަމްބަރު 3355134، އަށް ގުޅައި ނުވަތަ [email protected].mv އަށް މެއިލް ކުރުމަށް އެ ކޯޕަރޭޝަނުގެ ފަރާތުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް