Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 16:53
މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން
މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން
ހައްވާ މުހައްމަދު
އެމްޑީޕީ އައްޑޫ މީދޫ ދާއިރާ ޕްރައިމަރީ
އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން
އައްޑޫ ސިޓީ ދޫކޮށް ރައްޔިތުން ހިޖްރަކުރާ މައްސަލަ ހުއްޓުމަކަށް ގެންނަންޖެހޭ

އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާ އާދަމްގެ ކެމްޕޭން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި އިންސާފު ގާއިމްކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވެފައި ވަނީ އައްޑޫސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

އިންސާފު ގާއިމްކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1300 އަހަރުން ކުރިން، މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ނަން ފާހަގަކުރައްވާ، އެ މަނިކުފާނު އުޅުއްވާ ހިތްދަތި ހާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ސަލާމަތް ލިބެން އޮތީ އައްޑޫ ސިޓީ ތަރައްގީވެގެން ކަމަށެވެ.

" މަޖިލިސް 19 ވެގެންދާނީ އައްޑޫމީދޫ އަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ކޮންކަމަކާއި ހަވާލުވެ ތިބި ބައެއްކަން ދަނެގެން، އެކަން އެގި އެކަން ކުރުމަށް އެ ރަށުގެ ރައްޔިތުންނަށާއި އެ ސިޓީގެ ރައްޔިތުންނަށް މަގުފަހިކޮށްދޭ މަޖިލީހަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫސިޓީގެ ތަރައްގީގެ ބާނީއަކީ ރައީސް ނަޝީދު ކަމަށް އެ ސިޓީގެ ރައްޔިތުން ގަބޫލުކުރަމުން އަންނައިރު، ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އައްޑޫ ސިޓީ ތަރައްގީކުރުމަށް 19 ވަނަ ރައްޔިތުން މަޖިލީހުގައި ކުރައްވާނެ ކަންތައްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުން ރަށް ދޫކޮށް ހިޖްރަކުރަމުން އަންނަ މައްސަލަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ. މަދުވެގެން 60000 (ފަސްދޮޅަސް ހާސް) މީހުންގެ އާބާދީ އައްޑޫ ސިޓީގައި ދިރިއުޅެންޖެހޭ ކަމަށާއި، ސިޓީއަށް މީހުން ގެންނާނެ ގޮތްތައް ބަލާ، ދިރާސާކުރަންޖެހޭ ކަމަށެވެ. އެމްޑީޕީގެ މުޅި މެނިފެސްޓޯ އަމާޒުކުރެވިފައި ވަނީ އައްޑޫ ސިޓީ އާބާދުކުރުމަށް ކަމަށާއި، އެކަން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަން ކުރަން މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަރައްގީގެ ތަސައްވުރާއި އެހެން ޕާޓީތަކުގެ ތަރައްގީގެ ތަސައްވުރު ބޮޑުތަނުން ތަފާތުވާނެ ކަމަށެވެ. އެހެން ޕާޓީތަކަކީ ވައުދުވާ އަދި ވައުދުވާން ދަންނަ ޕާޓީތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވައުދެއް އެ ޕާޓީތަކުގައި ނެތް، ވައުދުވާން ވެސް ނުދަނޭ. ވައުދަކީ ސިޔާސަތެއް އެކުލަވާލައި އެކަމެއް ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް