Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 12:39
ރ.ދުވާފަރުގައި ހުއިފިލަނޑާ ހިއްކަން އަޅާފައި. ގެއްލިގެން ހޯދަނިކޮށް ފެނުނީ ހުއިފލަނޑާ ނަގަން އުޅުނު މީޙެއް
ރ.ދުވާފަރުގައި ހުއިފިލަނޑާ ހިއްކަން އަޅާފައި. ގެއްލިގެން ހޯދަނިކޮށް ފެނުނީ ހުއިފލަނޑާ ނަގަން އުޅުނު މީޙެއް
ރާއްޖެ އެމްވީ
މީހަކު ގެއްލުން
ގެއްލިގެން ހޯދަމުން ދިޔަ މީޙާ ފެނިއްޖެ
ގެއްލިގެން ހޯދީ 33 އަހަރުގެ ފިރިހެނެއް

ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ރ ދުވާފަރު، ފެހިހިޔާގޭ އަބްދުﷲ އާދަމް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. 

ހުއިފިލަނޑާ ނަގަން އާދަމް ފޭބީ ބުދަ ދުވަހުގެ ހެނދުނުއެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ފުލުހުން ބުނީ އެމީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:06 ހާއިރު ކަމަށެވެ. އެމީހާ ފެނިފައިވަނީ ރ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓައެވެ.

އަބްދުﷲ އާދަމް ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ ބުދަ ދުވަހުގެ 10:25 ހާއިރުއެވެ. ފުލުހުން ބުނީ އާދަމް ދުވާފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް