Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 13:11
އޭދަފުށީ މިސްކިތުގެ ފާރު ވައްޓާލަފައި ވަން ކާރު
އޭދަފުށީ މިސްކިތުގެ ފާރު ވައްޓާލަފައި ވަން ކާރު
އޭދަފުށި ޓައިމްސް
މަގުމަތީ އެކްސިޑެންޓް
އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތުގެ ތެރެއަށް
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

އޭދަފުށީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުކުރެވިގެން ގޮސް އެރަށު މިސްކިތުގެ ފާރު ފައްޓާލައި، ހަރިންމަ ތެރެއަށް ވަދެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:35 ހާއިރު އެވެ.

އޭދަފުށީ ބަނދަރު މަތީގައި ހުންނަ މަސްޖިދުއް ޔޫސުފް މިސްކިތުގެ ފާރުގައި ކޮންޓްރޯލް ނުކުރެވިގެން ޖެހުނު ކާރުގައި ޑްރައިވަރާއެކު އިތުރު މީހަކު އިނެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނި ގޮތުގައި ކާރު ދުއްވަން އިން މީހާ އަތުގައި އޮތީ ވަގުތީ ލައިސަންސްއެކެވެ.

މިސްކިތުގެ ތެރެއަށް ކާރު ވަދެފައި - ފޮޓޯ: އޭދަފުށި ޓައިމްސް 
މިސްކިތުގެ ތެރެއަށް ކާރު ވަދެފައި - ފޮޓޯ: އޭދަފުށި ޓައިމްސް 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް