Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 12:01
ރ. ރަސްމާދޫ
ރ. ރަސްމާދޫ
ގޫގްލް މެޕްސް
މީހަކު ގެއްލުން
ހުއިފިލަނޑާ ނަގަން އުޅުނު މީހަކު ގެއްލިގެން ހޯދަނީ
ގެއްލިފައިވަނީ 33 އަހަރުގެ ފިރިހެނެއް

ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާއަކީ ރ ދުވާފަރު، ފެހިހިޔާގޭ އަބްދުﷲ އާދަމްއެވެ. 

ފުލުހުން ބުނީ، ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން އަބްދުﷲ އާދަމް ފޭބިތާ ދެ ގަޑިއިރުވީ ފަހުން ވެސް ޚަބަރު ނުވާ ކަމަށެވެ.

އެގޮތުން އަބްދުﷲ އާދަމް ގޮވައިގެން ދަތުރުކުރި ދޯނީގައި ތިބި މީހުން ވަނީ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނަށް ބުދަ ދުވަހުގެ 10:25 ހާއިރު އެކަން އަންގާފައި ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. 

މީގެއިތުރުން ސްޕީޑު ބޯޓުގައި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް